ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
01. މަގާމް |
މަސައްކަތު |
މަޤާމް ނަމްބަރު |
J-229711 |
ބޭނުންވާ އަދަދު |
1 |
މަޤާމް ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެސްއެސް 2 |
މަގާމުގެ ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޗްއާރު އެންޑް އެޑްމިނިސްޓްރޭޝަން ސަބް ޔުނިޓް |
މުސާރައާއި އިނާޔަތްތައް |
|
މުސާރަ |
-/3,470 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1,000 ރުފިޔާ |
ސަޕޯރޓިވް ކޯ އެލަވަންސް |
1,200/- ރުފިޔާ |
އިތުރު އިނާޔަތްތައް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- އޮފީސްތެރެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ސުޕަވައިޒު ކުރުމާއި އޮފީހުގެ ކައުންޓަރ، ސައިކޮޓަރި، މީޓިންގް ރޫމް އަދި ފާހާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
2- މިއޮތޯރިޓީގައި ބޭއްވޭ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ސައި އަދި ކޮފީ ދުވަހުން ދުވަހަށް ތައްޔާރުކުރުމާއި ބައްދަލުވުންތައް ނިމުމުން ވަގުތުން ކޮންފަރެންސް ރީތި ކުރުން.
3- އޮފީހުން ބޭނުންވާ ކަންކަމުގައި ބޭންކް، އެމް.އެމް.އޭ، ޑިޕާރޓްމަންޓް އޮފް އިންލެންޑް ރެވެނިއު އަށް ކަނޑައެޅިފައިވާ ވަގުތަށް ދިއުމާއި އޮފީހަށް ބޭނުންވާ ތަކެތި ހޯދުމަށް ފިހާރަތަކަށް ދިއުމާއި، އޮފީހުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީ، ނޯޓް، ރިޕޯޓް ފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރަންޖެހޭ ގަޑިއަށް ދުވަހުން ދުވަހަށް ހަވާލުކުރުން.
4- އޮފީހުގެ އެއްސެކްޝަނުން އަނެއް ސެކްޝަނަށް ނުވަތަ އެއް ޑިޕާޓްމަންޓުން އަނެއްޑިޕާޓްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އޮފީސްތެރެއިން ނިންމަޖެހޭ މުހިންމު ކަންތައްތަކުގައި ޝާމިލްވެ ފައިލްތައް ފަދަ ތަކެތި ކަނޑައެޅިފައިވާ ވަގުތަށް ބަދަލުކުރުން.
5- އޮފީސް ފޮޅާ ސާފުކުރާ ފަރާތުން އެކަން ކުރަމުންދާއިރު ސްޕަވައިޒްކޮށް އޮފީހުގެ މުހިންމު ސަރަޙައްދުތައް (ކައުންޓަރުތައް، ލައިސަންސް ޕްރިންޓިންގ އޭރިއާ، ޗެއަރމަން އާއި ވެރިންގެ ކޮޓަރި) ސާފުކުރުމަށް ވަންނައިރު އެތަނުގައި ހުރުމާއި އަދި ފޮޅާ ސާފުކުރާއިރު އޮތޯރިޓީގެ ތަންތަން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ސާފުކުރެވިފައި ވޭތޯ ބެލުން. |
މަޤާމުގެ ޝަރުތުތައް |
|
އަސާސީ ޝަރތު |
ނުވަތަ
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. - ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
|
އިންޓަރވިއު ކުރުން:
ޝޯޓްލިސްޓް ކުރުން:
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( މ.ޗަނބޭލީވިލާ ، 02 ވަނަ ފަންގިފިލާ ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ނޮވެންބަރު 2020 ން ފެށިގެން 17 ޑިސެންބަރު 2020 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ނޮވެންބަރު 2020 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ވެބްސައިޓު www.transport.gov.mv އިން ލިބެން ހުންނާނެއެވެ.
- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343404 އަށް ގުޅުއްވުން އެދެމެވެ.