މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަޅުރަށް ބީލަމަށް ހުޅުވާލި 6 ރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރީބިޑް މީޓީންގ ބާއްވާ ތާރީޚަށް ބަދަލު އައުން

މި މިނިސްޓްރީގެ ނަންބަރު:(IUL)30-E/30/2020/114 (08 ނޮވެންބަރު 2020) ގެ އިޢުލާނުން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި 6 ރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް 19 ނޮވެންބަރު 2020 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވުމަށް ހަމަޖައްސާފައިއޮތް [ޕްރީބިޑް މީޓިންގ] މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ނޮވެންބަރު 2020 ދުވަހުގެ 10:00 އިން، 11:00 އަށް ކަމުގައި އަންގާ އިޢުލާނު ކުރަމެވެ.

 

                                3 ރަބީޢުލްއާޚިރު 1442

18 ނޮވެންބަރު 2020
ހޯދާ