ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ހޯދުމަށް

 އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

  

       މިސްކޫލްގެ ދަރިވަރުންނައް އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދެއްވާނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޚައް މި ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

       އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

       މަޢުލޫމާތު ސާފު ކުރެއްވުން:     26 ނޮވެންބަރ  2020  ބުރާސްފަތި 10:30

        އަންދާސީ ހިސާބު ހުށަހެޅުން:   03 ޑިސެންބަރ  2020 ބުރާސްފަތި 10:30                               

 

      އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް އެއްފަރާތަށްވުރެ  ގިނަ ފަރާތްތަކަށް ފުރުސަތުދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

      މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 13:00 އަށް 7983078 ނަންބަރު ފޯނާއެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      18 ނޮވެންބަރ 2020

 

18 ނޮވެންބަރު 2020
ހޯދާ