މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ޤަބްރުސްތާން އިރު ދެކުނުން އިރަށް އޮތް މަގު އަދި ރަށްބުރިކުރި މަގުގެ އުތުރަށް ހުރި ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން                

މިރަށު ޤަބްރުސްތާން އިރު ދެކުނުން އިރަށް އޮތް މަގު އަދި ރަށްބުރިކުރި މަގުގެ އުތުރަށް ހުރި ރުއްގަހުގެ ވެރިން ހޯދުން

 

މިރަށު ޤަބްރުސްތާން އިރު ދެކުނުން އިރަށް އޮތް މަގު  އަދި ރަށްބުރިކުރި މަގުގެ އުތުރުގައި ހުރި ރުއްގަހުގެ ވެރިން ހޯދަން ބޭނުންވާތީ އެބިމުގައިވާ ރުއްގަހުގައި މިކައުންސިލުން  "1 އިން 98 ށް މިގޮތަށް ވާނީ ގަދަ މުށި ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ. 

ވީމާ މިނަންބަރުތައްޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 2020 ނޮވެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުމުމުގެ ކުރިން މި ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. ރުއްގަހުގެ މައުލޫމާތު ފޯރުކޮށްދެއްވާއިރު ރުއްގަހުގެ މިލްކު ސާބިތު ކުރިކަމުގެ ލިޔުން ހުށައެޅުމަށް ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރުދަންނަވަމެވެ.   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ނޮވެންބަރު 2020
ހޯދާ