މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 ކޮމްޕިއުޓަރ ސިސްޓަމް ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ކެނދިކުޅުދޫ ކައުންސިލްއިން ދީފައިވާ ސްޕެސިފިކޭޝަން އާއިއެއްގޮތަށް 04 ކޮމްޕިއުޓަރ ސިސްޓަމް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިބިޑްގައި ބައިވެރިވުމަށް ދަޢްވަތު އަރުވަމެވެ. މިބިޑަށް ކުރިމަތި ލައްވާ ފަރާތްތަކުން ބިޑްގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ރަޖިސްޓްރީވުން ކުރިއަށް ގެންދެވޭނީ 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/75 ރުފިޔާ ދައްކަންޖެހޭނެއެވެ. ބިޑް ހުޅުވުން އޮންނާނީ 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

ބިޑް ހުށައެޅުމާއި ބިޑް ރަޖިސްޓްރީވުން އަދި ރަޖިސްޓްރޭޝަން ފީ އޮންލައިންކޮށް ކުރިއަށް ގެންދެވޭނެއެވެ. ރަޖިސްޓްރޭޝަން ފީ ކައުންސިލްގެ އެކައުންޓް ނަމްބަރ އަށް ޖަމާކޮށް ސްލިޕްކޮޅު ވައިބަރ ކޮށްލެއްވުމުން އެދިލައްވާ މެއިލަކަށް ބިޑް ޑޮކިއުމެންޓްތައް މެއިލް ކޮށްލެވޭނެއެވެ.

މިބިޑާއިގުޅޭ އިތުރު މަޢްލޫމާތު ސާފުކުރައްވަން ރަސްމީ ދުވަސްތަކުގައި 6560013 ނަންބަރ ފޯނާއި އަދި ނުރަސްމީ ވަގުތުތަކުގައި 9726607 މޮބައިލް ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.

އެކައުންޓް ނަންބަރ: 7720700434001  

އީމެއިލް: [email protected]  

  01 ރަބީޢުލް އާޚިރު 1442

16  ނޮވެމްބަރު 2020

16 ނޮވެންބަރު 2020
ހޯދާ