ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ ޔުނިފޯމު ސަޕްލައި ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

އެކްޓިވިޓީ ޔުނިފޯމް އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ ޔުނިފޯމު ސަޕްލައި ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

 

މިސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ ޔުނިފޯމް ސަޕްލައި ކޮށްދެއްވާނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މި ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

26 ނޮވެމްބަރު 2020 (ބުރާސްފަތި) ދުވަހުގެ 10:00 ގައި ސްކޫލް އޮފީހުގައި

03 ޑިސެމްބަރު 2020 (ބުރާސްފަތި) ދުވަހުގެ 10:00 ގައި ސްކޫލް އޮފީހުގައި

އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް އެއްފަރާތަށްވުރެ  ގިނަ ފަރާތްތަކަށް ފުރުސަތުދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6892546 ނަންބަރު ފޯނާއެވެ.

01 ރަބީޢުލްއާޚިރު 1442

16 ނޮވެމްބަރ 2020

16 ނޮވެންބަރު 2020
ހޯދާ