މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތަށް ހުޅުވާލުން

ޤާނޫނު ނަންބަރު 2019/21 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން މި މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު" ގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތަށް ހުޅުވާލަމެވެ.

މި ގަވާއިދަށް ޚިޔާލު ހުށަހެޅުއްވުމަށް މިއިޢުލާނާއެކު ޝާއިޢުކުރެވިފައިވާ ފޯމު ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުން ވެލައްވާނަމަ، 3339242، 3339209 އަދި 3339208 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.

16 ނޮވެންބަރު 2020
ހޯދާ