ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް އެއަރކޮންޑިޝަން ސިސްޓަމެއްގެ 2 އައުޓްޑޯ ޔުނިޓް ހޯދަން ބޭނުންވެއްޖެ

އިޢުލާނު

މި އޮފީހަށް އެއަރކޮންޑިޝަން ސިސްޓަމެއްގެ 2 އައުޓްޑޯ ޔުނިޓް ހޯދަން ބޭނުންވެއްޖެ.

މި އޮފީހުގައި މިހާރު ބޭނުންކުރަމުންދާ ޑައިކިން އެއަރކޮންޑިޝަން ސިސްޓަމެއްގެ 2 އައުޓްޑޯ ޔުނިޓް ގަންނަން ބޭނުންވެގެން 21 އޮކްޓޫބަރު 2020 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-CSO(FM)/1/2020/38) އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 2020 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

މި ބީލަމާގުޅޭ ގޮތުން އެއްވެސް ސުވާލެއް އަދި މަޢުލޫމާތެއް އޮޅުން ފިލުވަން ބޭނުންވާނަމަ، މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް އީމެއިލްކުރުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، 2020 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

1 ރަބީޢުލްއާޚިރު 1442

16 ނޮވެންބަރު 2020
ހޯދާ