މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ކުލީ ބިންދޫކުރުން

                                   ނަންބަރު: IUL)321/321/2020/155) 

އިޢުލާން

ވަގުތީ ކުލީ ބިންދޫކުރުން

 

މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި، ނަފާވެރި އިޤްތިޞާދީ އެހެނިހެން މަސައްކަތްތައް ކުރުމަށް ރަށުގެ އިރުމަތީކޮޅު ސިނާއީ ސަރަޙައްދުންނާއި ރަށުގެ ހުޅަނގުކޮޅުން 01 އަހަރު ދުވަހުގެ މުއްދަތަށް ވަގުތީގޮތުން ކުލީބިން ދޫކުރުމަށް މިއިދާރާއިން ކުރި ނަންބަރު:(IUL)321-A/321/2020/153  (15 ނޮވެމްބަރ 2020) އިޢުލާނުގައި ހިމެނޭ ބައެއް މަޢުލޫމާތުތަކަށް ބަދަލު އައުމާ ގުޅިގެން އެ އިޢުލާނު ބާޠިލްކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.   

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

 

މަޢުލޫމާތު ދިނުން

26 ނޮވެމްބަރ 2020

10.00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

 

އަންދާސީ ހިސާބު ހުށަހެޅުން

07 ޑިސެމްބަރ 2020

10.00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:12014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އިޢުލާނު ނަންބަރު އަދި " ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު: 6600006 ފޯނާ ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

30   ރަބީޢުލްއައްވަލް     1442

16 ނޮވެންބަރު 2020
ހޯދާ