މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ 04 ވޮޗަރުން ހޯދުން

                                                    ނަންބަރު: 150/IUL)321-A/321/2020)

އިޢުލާނު

                      ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކޮށް ނިމިފައިވާ 50 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރެވެންދެން އެސަރަޙައްދުގެ ސެކިއުރިޓީ ބެލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                މަޤާމް:          ވޮޗަރ (ވަގުތީ)

                ބޭނުންވާ ޢަދަދު:   04 (ހަތަރެއް)

                މުއްދަތު:        01 މަސްދުވަސް

                މުސާރަ:        5،000.00 (ފަސް ހާސް ރުފިޔާ)

                މަސައްކަތްކުރަން ޖެހޭ ގަޑި: ދުވާލަކު 06 ގަޑިއިރު (ޑިޔުޓީ އުޞޫލުން)

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަކަށް ބަލައިގެންނެވެ. ނުވަތަ އެފަދަ ލިޔުމެއް ނެތް ފަރާތްތަކަށް މިކައުންސިލުން ލިޔަންކިޔަން އެނގޭތޯ ބެލުމަށް ދޭ އިމްތިހާނުން ފާސްވާ ނަމައެވެ.)
  2. އުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
  3. މަޤާމްގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި މީހެއްކަމުގައިވުން.
  4. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް  (މިބަޔަށް ޕޮއިންޓް ދިނުމަށް މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކާއި އިންޓަވިއުއެއް ކުރެވޭނެއެވެ)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ނޮވެމްބަރ 25 އާއި 2020 ޑިސެމްބަރ 03 އާއި ދެމެދު ތުޅާދޫ ކައުންސިލްގެ އިދާރާގައެވެ.

                         ވީމާ، މިމަޤާމަށް ކުރިމަތި ލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 24 ނޮވެމްބަރ 2020 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ތިރީގައި މިދަންނަވާ ލިޔެކިޔުންތަކުގެ ކޮޕީއާއިއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ ކުރައްވާނީ [email protected] ށެވެ.

ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
  5. 03 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް

                          މިމަޤާމަށް މުވައްޒަފުން ހޮވުމަށް އިންޓަވިއު އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މިއިދާރާގެ ނަންބަރު 6600006 އާއި ގުޅުއްވުން އެދެމެވެ.

                     

 

       24   ރަބީޢުލްއައްވަލް  1442

10 ނޮވެންބަރު 2020
ހޯދާ