ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އެސިސްޓަންޓް

މި އިޢުލާންވަނީ 10 ނޮވެންބަރު 2020 10:08 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އެގްޒާމް އެސިސްޓަންޓް
ބޭނުންވާ އަދަދު :3

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރަމުންދާ ޙާއްސައެހީއަށް ބޭނުންވާ ދަރިވަރުންގެ މިއަހަރުގެ 2 ވަނަ ޓާރމްގެ ފައިނަލް އިމްތިހާނު ހެދުމަށް އެހީތެރިވެދޭނެ (އިމްތިހާނު ޕޭޕަރުގައިވާ ސުވާލުތައް ކިޔައިދީ، ދަރިވަރުދޭ ޖަވާބުތައް ރިކޯޑު ކޮށްދޭނެ) ފަރާތެއް ބޭނުންވެއެވެ.

 

ބޭނުންވާ އަދަދު:

 3

އޮފީސް:

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު (މާލެ)

އުޖޫރަ ދެވޭނެގޮތް:

 މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300ރ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން

 އިސްލާމިކް ސްޓަޑީޒް ޑިގްރީ ނުވަތަ ޑިޕްލޮމާ / އަރަބި ބަހުގެ ޑިޕްލޮމާ / ޝަހާދާ ޡާނަވިއްޔާ ފެންވަރު ހުރި މީހަކަށްވުން   ނުވަތަ ދިވެހިބަހުން އަދި ޢަރަބިބަހުން ލިޔެކިޔުމުގެ ގާބިލުކަންހުރި މީހަކަށްވުން.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

 2020 ގެ 2 ވަނަ ޓާރމްގެ ފައިނަލް އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެންބަރު 2020 އިން ފެށިގެން 5   ނޮވެންބަރު 2020 ގެ ނިޔަލަށް، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑުގެ ވަގުތުތަކަށް ބަހާލައިގެންނެވެ. އެގްޒާމް އެސިސްޓަންޓުން   މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު އޮންނަ ގަޑިތަކުގައެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

 އިމްތިހާނު ޕޭޕަރުގައިވާ ސުވާލުތައް ދަރިވަރަށް ކިޔައިދީ، ދަރިވަރުދޭ ޖަވާބުތައް ރިކޯޑު ކޮށްދިނުން، އަދި މިނޫނަސް މިކަމާ   ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

 މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް ތިރީގައިވާ ލިންކުންނެވެ.

 https://forms.gle/oXUWKaDLMNeemsAVA

އެޕްލިކޭޝަންގެ ސުންގަޑި:

 16 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

 އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އެގްޒާމް އެސިސްޓަންޓުންނަށް ހޮވޭ ފަރާތްތަކުން   ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 މަގާމުގެ ޝަރުތުގައި ހިމަނާފައިވާ ސަނަދުތަކުގެ ތެރެއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

އިތުރު މަޢުލޫމާތު:

 މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

 

09 ނޮވެންބަރު 2020
ހޯދާ