ދިވެހިރާއްޖެ
ނަންބަރު: IUL)202-M/1/2020/ 94)
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ 66 ވަނަ އަސާސީ ކޯހުގެ ފައިނަލް އެކްސަސައިޒް 2020 ނޮވެމްބަރ 17 އިން 22 އަށް، ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް ޅ.މާފިލާފުށީގައި ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1.ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް : މިނީ ފްލޭއަރ، ޕެރަޝޫޓު ފްލޭއަރ
2.ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 200 މީޓަރ
3.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރ
4.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5.ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ޅ.މާފިލާފުއްޓާ ދިމާ މަތި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
22 ރަބީއުއްއައްވަލް 1442
08 ނޮވެމްބަރ 2020
ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
މާލެ،ދިވެހިރާއްޖެ