ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
މިފްލެޓްތައް ދޫކުރެވޭނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ޖުމްލަ ޢަދަދުގެ ތެރެއިން ބާކީހުރި ޢަދަދު އެކެޓަގަރީއަކަށް ޚާއްޞަކޮށްގެން ކަމަށްވާތީ ކޮންމެ ކެޓަގަރީއަކުން ދޫކުރެވޭނެ ފްލެޓްގެ ޢަދަދު ތިރީގައި މިވަނީއެވެ.
ކެޓަގަރީ |
ޚާއްޞަކުރެވޭ ރަށް/އަވަށް |
ފްލެޓްގެ ޢަދަދު |
A |
ހިތަދޫ އަވަށުގެ ރައްޔިތުންނަށް |
16 |
B |
މަރަދޫ އަދި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް |
6 |
C |
ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް |
6 |
މި ފްލެޓްތައް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލު މި އިޢުލާނާއިއެކު ޢާންމުކުރެވިފައިވާނެއެވެ.
ވީމާ، ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއިއެކު، 26 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.
ފޯމު ދޫކޮށް ބަލައިގަންނާނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުއޮފީހުންނެވެ. އެ އަވަށަކަށް ކަނޑައެޅިފައިވާ ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހަޅާނީ އެވަށެއްގެ އަވަށުއޮފީހަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 13:30 އަށެވެ.
މިކަމަށް އެދޭ ފޯމު އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓު www.adducity.gov.mvއިން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
ފްލެޓަށް އެދި ހުށަހަޅާ ފޯމު - ކެޓަގަރީ އޭ (ހިތަދޫ)
ފްލެޓަށް އެދި ހުށަހަޅާ ފޯމު - ކެޓަގަރީ ބީ (މަރަދޫ-މަރަދޫފޭދޫ)
ފްލެޓަށް އެދި ހުށަހަޅާ ފޯމު - ކެޓަގަރީ ސީ (ފޭދޫ)
22 ރަބީޢުލްއައްވަލު 1442