ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގެ 6 ބުރި އިމާރާތުގެ 1 ވަނަ ފަންގިފިލާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނެސް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލްގެ 6 ބުރި އިމާރާތުގެ 1 ވަނަ ފަންގިފިލާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނެސް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2020/031

ހުޅުމާލެ ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިހޮސްޕިޓަލުގެ 06 (ހައެއް) ބުރި އިމާރާތުގެ 1 (އެކެއް) ވަނަ  ފަންގިފިލާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނެސް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް އަދި ބީއޯކިއު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމާއި ސައިޓް ދައްކައި ސާވޭ ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި ބޭއްވޭ ޕްރީބިޑް ބައްދަލުވުން 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ހޮސްޕިޓަލުގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. ވީމާ ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މިބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް  ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 24 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

25 ނޮވެމްބަރ 2020  ވަނަ ދުވަހުގެ ހެނދުނު 10:00ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350113

އީ-މެއިލް: [email protected]

08 ނޮވެމްބަރ 2020

08 ނޮވެންބަރު 2020
ހޯދާ