މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަސްވެރިންގެ ހިޔާ" އިމާރާތާއި ބިން ކުއްޔަށް ދޫކުރުން

ނަންބަރ:IUL)297-EP/297/2020/55)

 

އިޢުލާން

 

މަސްވެރިންގެ ހިޔާ އިމާރާތާއި ބިން ކުއްޔަށް ދޫކުރުމާ ބެހޭ

މިހާރު ހޮޓާ، ރެސްޓޯރެންޓް ހިންގުމަށް ހުއްދަ ދެވިފައިވާ " މަސްވެރިންގެ ހިޔާ " އިމާރާތާއި ބިން މިކައުންސިލުން އެކަށައަޅާ މިންގަނޑަކުން އެތަނުގައި މިހާރު ކުރަންޖެހިފައިވާ މަރާމާތުގެ އާބާތުރަ ފިލުވައިގެން، މަހަކު -/12،200 ( ބާރަހާސް ދުއިސައްތަރުފިޔާ ) އަށްވުރެ ކުޑަނޫން އަގަކަށް ކުއްޔަށް ހިފުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއިމާރާތް ކުށްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ހޮޓާ، ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރި ނޫން ވިޔަފާރި އެއް ނުކުރެވޭގޮތަށް 1 އަހަރު ދުވަހުގެ މުއްދަތަކަށްށެވެ. ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ އެންމެ ބޮޑު އަގު އެއްވަރުވެއްޖެނަމަ އަލުން އިއުލާންކުރެވޭނެއެވެ.

 

މިކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

އިމާރާތުގައި ކުރަންޖެހިފައިވާ މަރާމާތު:

  1. އިމާރާތުގެ ބަދިގެބައިގެ ތަޅަމުގެތަށިމުށި އާކުރުން.
  2. އިމާރާތުގެ ސީލިންގު މަރާމާތުކުރުން. ( ސީލިންގުދަށުން ފިލާޖަހައިކުލަލުން )

 

ހުށަހަޅަންޖެހޭ ލިޔުންތައް

(ހ) ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

(ށ) އަންދާސީ ހިސާބު (އަގު ހުށަހަޅާ ފޯމުން ނުވަތަ ސިޓީން)

(ނ) އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރާ ސިޓީ

 

އަންދާސީ ހިސާބުގައި ހިމަނަންވާނެ ކަންތައްތައް

(ހ) އިމާރާތް މަހު ކުއްޔަށް ހިފުމަށް ހުށަހަޅާ އަގު

(ށ) އިމާރާތުގައި މިހާރު ކުރަންޖެހިފައިވާ މަރާމާތުތައް ކޮށްދެވޭނެ އަގު

މާކްސް ދެވޭގޮތުގެ ތަފްސީލު:

(ހ) ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

(ށ) ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަންއަންގައިދެވޭނެއެވެ.

(ނ) ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީ ހިސާބު ހުޅުވުން

(ހ) އަންދާސީ ހިސާބު ހުޅުއްވާނީ 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހު 11:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ކޮންފަރަންސް ރޫމްގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.

(ށ) ބިޑް މީޓިންގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

(ނ) އިވެލުއޭޝަން ކޮމިޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަށް ޑިސްކޮލިފައިކޮށް ނަތީޖާ އިޢުލާން ކުރެވޭނެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

ކުލި

100%

  • އިމާރާތުގެ ކުއްޔަށް ހުށަހެޅޭ ކުއްޔަށް  ދެވޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު ކުއްޔަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ  ބޮޑު ކުއްޔަކަށެވެ.

(Benchmark Rent / Submitted Rent) x Allocated Percentage

                     

 

 

 

 

 

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

22 ރަބީޢުލްއައްވަލް 1442

8 ނޮވެމްބަރ 2020

08 ނޮވެންބަރު 2020
ހޯދާ