މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އައި.ޓީ. އެޑްމިނިސްޓްރޭޓަރ

                                       މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                               އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/28)

 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އައި. ޓީ އެޑްމިނިސްޓްރޭޓަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/2,360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/2,360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ހާސިލްކޮށްފައިވުން ނުވަތަ،

  ށ.  މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 6 ހާސިލްކޮށްފައިވުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

 ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 5 ހާސިލްކޮށްފައިވުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މިކޯޕަރޭޝަނުގެ  އައި.ޓީ ސެކްޝަނުގެ މަސައްކަތްތައް ކުރުން.

- ހާޑްވެއާ އަދި ނެޓްވޯކިންގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

- މިކޯޕަރޭޝަނުގެ ސަރވާ ބެލެހެއްޓުން.

- މިކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަންގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި މަޢުލޫމާތު ވެބްސައިޓަށް އަޕްލޯޑް ކުރުން.

- މިކޯޕަރޭޝަނުގެ އީމެއިލް ޑޭޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވެ ބައިވެރިވުން.

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  18 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00ގެ[email protected] އަށް އީމެއިލް ކުރުން.

4. ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

- ޕޮލިސް ރިޕޯޓް

5. އިތުރު މަޢްލޫމާތު

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

08 ނޮވެންބަރު 2020
ހޯދާ