ދިވެހިރާއްޖެ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ
އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/27)
ވަޒީފާގެ ފުރުޞަތު |
|
މަޤާމުގެ ނަން: އެގްޒެކެޓިވް ޑިރެކްޓަރ |
- މުސާރަ (މަހަކު) : -/16,200 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/5,400 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް: -/5,400 ރުފިޔާ މަހަކު ނޯޓް: (މި މަޤާމުގެ މުސާރައަށް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ތިރިގައި އެވާ ބަދަލު ގެނެވިފައެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން މަޤާމުގެ އަސްލު މުސާރަ އިއާދަ ކުރެވޭނެއެވެ. - މުސާރަ (މަހަކު) : -/15،228 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/5،076 ރުފިޔާ މަހަކު - ޑެއިލީ އެލަވަންސް:-/5،076 ރުފިޔާ މަހަކު) - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް / ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން |
ބޭނުންވާ އަދަދު: 1 |
1- ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 (ގްރެޗުއޭޓް ޑިޕްލޮމާ/ޕޯސްޓް ގްރެޗުއޭޓް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން )ނުވަތަ( ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން. 2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - ޑިޕާޓްމަންޓް ހިންގުމާއި ޙަވާލުވެހުންނަ ވެރިޔާގެ ބެލުމުގެ ދަށުން، އެޗް. އާރް އެންޑް އެޑްމިންގެ އެންމެހާ މަސައްކަތްތައް ހަރުދަނާގޮތެއްގައި ރާވާ ހިންގުމާއި ބެލެހެއްޓުން. - އެޗް.އާރު އެންޑް އެޑްމިން ސެކްޝަނުގެ މަސައްކަތްތަކާއި ގުޅިގެން މެނޭޖްމަންޓަށް ފޯރުކޮށްދޭންޖެހޭ އެންމެހާ މައުލޫމާތު ފޯރުކޮށްދިނުން. - ކޮންމެ އަހަރަކު ތައްޔާރުކުރެވޭ ބަޖެޓް އަދި މާކެޓިންގ ޕްލޭންއަށް އެޗްއާރު އެންޑް އެޑްމިން އިން ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ހުށައެޅުން. - މިކޯޕަރޭޝަނުގެ ހިއުމަން ރިސޯސް ޕްލޭން/ޕޮލިސީ ތައްޔާރުކޮށް މި ޕްލޭނުގައިވާ އެންމެހާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުމާއި މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ގަވާއިދުން އެންގުން. - ކޯޕަރޭޝަނުގެ ހުރިހާ ސެކްޝަންތަކުގެ އެޑްމިނިސްޓްރޭޝަންގެ މަސައްކަތުގައި އެހީތެރިވެ ފުރިހަމަ އެއްބާރުލުން ދިނުން. - ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ތައްޔާރުކުރަންޖެހޭ، މުވައްޒަފުންނާއި ގުޅުން ހުރި އެންމެހާ ޕޮލިސީ، އެސް.އޯ.ޕީތައް ތައްޔާރުކުރުމާއި ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުން. - މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި އެކަންކަން ރިވިއުކުރުމާއި ގެންނަންޖެހޭ އިސްލާހުތައް ގެނައުން. - ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އިރުޝާދުދީ އެކަންކަން މޮނިޓަރ ކުރުން. - ކޯޕަރޭޝަނުގެ ހިންގުމާއި ގުޅުން ހުރި ކަންކަމާއި ގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ޤަވާއިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - ކޯޕަރޭޝަނުގެ އަހަރީ ރިޕޯޓް، ކުއާޓަލީ ރިޕޯޓް އަދި މަންތްލީ ރިޕޯޓްތައް ޤަވާއިދުން ނިންމުމަށް އެކަށީގެންވާ އިރުޝާދު ފޯރުކޮށްދިނުން. - ކޯޕަރޭޝަނުގެ ސްޓާފުންނާ ގުޅިގެން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުމަށްކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. - ސެކްޝަންގެ މަސައްކަތްތައް މޮނީޓަރކޮށް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުން. - ޑިޕާޓްމަންޓްގެ އެންމެހާ ލިޔެކިއުންތައް ބެލެހެއްޓުމާއި ގަވާއިދުން ފައިލް ކުރުމުގެ މަސައްކަތް މޮނިޓަރ ކުރުން. - މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
|
3- ފޯމު ހުށައަޅަންވީ ތާރީޚް: 18 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން[email protected] އަށް އީމެއިލް ކުރުން. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ). - ޕޮލިސް ރިޕޯޓް |
|
5. އިތުރު މަޢްލޫމާތު
6. އެޑްރެސް ކުރައްވާނީ ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
|