ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ހައުސްތައް އަލުން ހުޅުވުމާއި ގުޅޭ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ގެސްޓް ހައުސްތައް ބަނދުކުރުމަށް ފަހު 2020 އޮކްޓޯބަރ 15 ވަނަ ދުވަހުން ފެށިގެން އަލުން ހުޅުވުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ގެސްޓް ހައުސްތައް އަލުން ހުޅުވާއިރު ޢަމަލު ކުރަންޖެހޭ އުސޫލު މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ ޢާންމު ކުރައްވާފައެވެ. އަދި މިކަމާއި ގުޅިގެން ގެސްޓް ހައުސް ހުޅުވާ ރަށްރަށުގެ ގެސްޓް ހައުސް، ރެސްޓޯރެންޓް، ހޮޓާ، ކެފޭ ތަކާއި އަދި ވިޔަފާރި ކުރާ ތަންތަނާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ގެސްޓުންނާއި އާންމު ރައްޔިތުން ޢަމަލް ކުރަންޖެހޭ ގޮތުގެ ގައިޑް ލައިނެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ކަނޑައަޅުއްވާފައެވެ.

  • ޓޫރިސްޓް ގެސްޓްހައުސް ހިންގާ ރަށްރަށުގައި އާންމު ތަންތަނުގައި ފަތުވެރިންނާއި ދިވެހިންވެސް މާސްކް އެޅުމަކީ ލާޒިމްކަމެކެވެ.
  • އާންމުން ދިރިއުޅޭ ގެތަކަށް ފަތުރުވެރިން ވަނުން މަނާވާނެއެވެ.
  • އާންމުން ވަންނަ ކެފޭތަކާއި ރެސްޓޯރަންޓްތަކަށް އަދި ފިހާރަތަކަށް ފަތުރުވެރިންނަށް ވަދެވިދާނެއެވެ. މިތަންތަނުން އެޗް.ޕީ.އޭ އުސޫލުގައި ބަލިފެތުރުން ހުއްޓުވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތައް އަޅަންވާނެއެވެ.
  • ރަށުގައި ދުއްވާ ޓެކްސީތަކާއި އެހެނިހެން އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުތަކުގައި ދުއްވާ މީހާއާއި ފަސިންޖަރާއި ދެމެދު ޕާޓިޝަނެއް ހަރުކުރެވިފައި ހުންނަންވާނެއެވެ.
  • ޓޫރިސްޓް ގެސްޓްހައުސް ހިންގާ ރަށަކުން (އެރަށަކުން ކޯވިޑް-19 ފެނިފައި ނުވިނަމަވެސް) ޓޫރިސްޓް ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރާނަމަ ކަރަންޓީން ވާންޖެހޭނެއެވެ. އެހެންނަމަވެސް ސިއްޙަތާއި ގުޅުންހުރި ޚިދުމަތްތައްފަދަ އަސާސީ ޚިދުމަތެއް ހޯދުމަށް ދަތުރުކުރާ ފަރާތްތައް އެޗް.ޕީ.އޭގެ އުސޫލުގައި ވާ ޝަރުތު ތައް ފުރިހަމަވާނަމަ ކަރަންޓީންވުމުން އިސްތިސްނާ ވާނެއެވެ.

އެހެންކަމުން މިސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ގެސްޓް ހައުސްތައް އަލުން  ހުޅުވައި ގެސްޓުން އަންނަން ފެށުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެއްރުއްވާފައިވާ ގައިޑްލައިނާ އެއްގޮތަށް އެންމެހާ ރައްޔިތުން މިއަދުން ފެށިގެން އަމަލްކުރުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިއިއުލާނާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުއްވާފައިވާ ގައިޑްލައިންސްތައް އާންމުކުރީމެވެ.

08 ނޮވެންބަރު 2020
ހޯދާ