ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާޗް އެސިސްޓެންޓަކު ހޯދުން

މި އިޢުލާންވަނީ 08 ނޮވެންބަރު 2020 10:57 ގައި ބާތިލް ކުރެވިފައެވެ.


ފެކަލްޓީ އޮފް އާޓްސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ފަޅުމަތީ މަގު، މައްޗަންގޮޅި

މާލެ، ދިވެހިރާއްޖެ     

ފޯން:3345277(960)

ފެކްސް:3306075(960)

www.mnu.edu.mv

 

"ވެލިއު އިން ކުރައިސިސް" ދާއިރާއިން، ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރުން ހަދަމުން ގެންދާ ރިސާޗެއްގައި، މަސައްކަތް ކުރާނެ ރިސާޗް އެސިސްޓެންޓެއް ބޭނުންވެއެވެ.

 

މުސާރަ:

މަހަކު 5000 ރުފިޔާ

ބޭނުންވާ ޢަދަދު:

01

ޝަރުތު:

ކޮމްޕިޔުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލް އާއި ވާޑް ޕްރޮގްރާމަށް އަހުލުވެރިވުން)

-އެސް.ޕީ.އެސް.އެސް އަށް އަހުލުވެރިވެފައިވާ އަދި ރިސާޗް މަސައްކަތްތަކުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރާންޖެހޭ މަސައްކަތް:

ރިސާޗްގެ ޑޭޓާތައް އެންޓަރކުރުން (އިނގިރޭސި ބަހުންނާއި ދިވެހިބަހުން)

ރިސާޗް ޑޭޓާ އެއްކުރުމުގައި އެހީތެރިވުން

ރިސާރޗާ ގުޅޭ އިދާރީ މަސައްކަތް ކުރުން

މަސައްކަތްކުރަންޖެހޭ މުއްދަތު:

ކޮންޓެކްޓް ކުރެވޭ ތާރީޚުން ފެށިގެން 8 މަސް ދުވަސް

މަސައްކަތްކުރާން ޖެހޭ ވަގުތު:

ހަފްތާއަކު 5 ދުވަހު، ދުވާލަކު 6 ގަޑިއިރު (ޕެންޑެމިކްގެ ހާލަތުގައި މަސައްކަތްކުރަން ހެމަޖެހިފައިވަނީ މައިގަނޑު ގޮތެއްގައި ގެއިންނެވެ.)

ސިޓީއާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

 

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- މަސައްކަތުގެ ދާއިރާގެ ސެޓްފިކެޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- މަސައްކަތުގެ ތަޖުރިބާގެ ލިޔުން

- ވަނަވަރު (ސީވީ ގުޅޭނެ ފޯނު ނަންބަރާއެކު)

              

                  ވީމާ، މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 19 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އާޓްސްއަށް ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދި މި ފެކަލްޓީގެ އީ-މެއިލް ([email protected]) އަށް މެއިލް ކުރެވޭނެ ވަހާކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345277 ނަންބަރާ ގުޅުއްވުން އެދެމެވެ.

15 ރަބީޢުލްއައްވަލް 1442

08 ނޮވެންބަރު 2020

ދިވެހިސަރުކާރުގެ ގެޒެޓް

މާލެ، ދިވެހިރާއްޖެ

 

08 ނޮވެންބަރު 2020
ހޯދާ