ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސީނިއަރ މެކޭނިކް)

މިކޯޕަރޭޝަންގެ ތިރީގައިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ މެކޭނިކް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ކްލެސިފިކޭޝަން / ރޭންކް:

ސީނިއަރ އޮފިސަރ - ގްރޭޑް 1

މުސާރަ:

މަހަކު -/7000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2800ރުފިޔާ

އަދި އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

- އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 06ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ނުވަތަ 04 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

- ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގައި ބޭނުންކުރާ އެކި މެޝިނަރީތައް މަރާމާތުކޮށް ބެލެހެއްޓުން

- ކޯޕަރޭޝަންގައި ގެންގުޅޭ އިކިއުޕްމަންޓްތަކާއި މެޝިންތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.

- ކޯޕަރޭޝަންގެ އެކި ސައިޓުތަކުގައި ހުރި މެޝިނަރީއާއި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް އެސައިޓަކުން ހައްލު ނުކުރެވޭ ހާލަތެއްގައި އެސައިޓުތަކަށް ގޮސް ހައްލުކުރުން.

- އޮފީހުގެ ވޯކްޝޮޕްގައި ހައްލު ނުކުރެވޭ މައްސަލަތައް ގަރާޖް/ ވޯކްޝޮޕ ފަދަ ތަންތަނަށް ގެންގޮސްގެން ދިމާވާ މައްސަލަތައް ހައްލުކުރުން.

- އުޅަނދުފަހަރުގެ އިންޖީން، ޖަނަރޭޓަރ އަދި އުޅަނދުގައިވާ ސިސްޓަމްތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސްޕެއަރތައް އައިޑެންޓިފައި ކުރުމަށްފަހު އެތަކެތި ހޯދުން.

- އުޅަނދު ފަހަރުގެ ޑެއިލީ ޗެކް ކުރުމަށްފަހު ޓެކްނީޝަނުން ފާހަގަކުރާ މައްސަލަތައް ބަލައި އެކަންތައްތައް ހައްލުކުރުން.

ކޯޕަރޭޝަންގައި ގެންގުޅޭ ވެހިކަލްތަކާއި، އިކުޕްމެންޓްތަކާއި މެޝިންތައް ޕްރިވެންޓިވް މެއިންޓެނަންސް ޝެޑިއުލާއި އެއްގޮތަށް ބެލެހެއްޓުން.

- އުޅަނދުފަހަރު ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ޕްރިވެންޓިވް މެއިންޓެނަންސް ޝެޑިއުލްހަދައި އުޅަނދުތަކުގެ ކޮންޑިޝަނަލް އެސެސްމަންޓް ސަރވޭ ހަދައި ކުރަންޖެހޭ މަރާމާތުގެ ކަންތައްތައް ކުރުން.

- މަސައްކަތް ހަލުވިކުރުމަށް ބޭނުންވާ އިކުޕްމަންޓްތައް އައިޑެންޓިފައިކޮށް އެތަކެތީގެ ސްޕެސިފިކޭޝަން ހަދައި ތަކެތި ހޯދުން

- އަދި މިނޫނަސް ސުޕަވައިޒަރުން ހަވާލުކުރާ އެންމެހާ މަސައްކަތް ފަރުވާތެރިކަމާއެކު ނިންމުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 19 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ،  ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ރަބީޢުލްއައްވަލް 1442

08 ނޮވެމްބަރ   2020

08 ނޮވެންބަރު 2020
ހޯދާ