މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 56.05 ގެ ރަޖިސްޓްރީ ކުރުމާއިބެހޭ:

އިޢުލާން

ރ.ދުވާފަރު 56.05 ގެ ރަޖިސްޓްރީ ކުރުމާއިބެހޭ:

                       ރ. ދުވާފަރު 56.05 ނަމްބަރުގޭ ރ. ކަނދޮޅުދޫ އޯޝަންހަވީރު، ޢާއިޝަތު ޙުސައިން އަދި ރ. ކަނދޮޅުދޫ އޯޝަންހަވީރު، މުޙައްމަދު ޙުސައިންގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެދެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.

                      މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި، ރ. ދުވާފަރު 56.05 ނަމްބަރުގޭ ރ. ކަނދޮޅުދޫ އޯޝަންހަވީރު، ޢާއިޝަތު ޙުސައިން އަދި ރ. ކަނދޮޅުދޫ އޯޝަންހަވީރު، މުޙައްމަދު ޙުސައިންގެނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                       19 ރަބީޢުލްޢައްވަލް 1442

                       05 ނޮވެމްބަރ 2020

ޒުހުރާ ޢަބްދުﷲ   

ރ.ދުވާފަރު ކައުންސިލް މެމްބަރު

05 ނޮވެންބަރު 2020
ހޯދާ