މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ބޭނުން ދަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް، މަސްކެއްކުމަށް ބޭނުންވާ ދަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 މަސައްކަތުގެވެރިފަރާތް:  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީލިމިޓެޑް

 ޝަރުޠު:          ދަރު ސަޕްލައި ކޮށްދިނުމަށް އެދި އަގު ހުށަހެޅޭނީ، ކުންފުންޏަކަށް ނުވަތަ، ފަރުދީގޮތުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށެވެ.

 ރަޖިސްޓްރީ ކުރުން:   ދަރު ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 މައުލޫމާތުދިނުން:   ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 15 ނޮވެމްބަރ 2020                  އާދީއްތަ ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

 ބީލަން ކަރުދާސް:    ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ ބީލަން ކަރުދާސް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ ބީލަން ކަރުދާސް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ކަރުދާސް ހުށަހަޅާނީ، ތިރީގައިވާ އެޑްރެހަށެވެ.

               މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ)

              389 ނަންބަރު ކޮށި / މާފަންނު

              ހިލާލީ މަގު / މާލެ

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

 

ފޯނު:   3323932

ފެކްސްް:  3323935

އީމެއިލް: [email protected]

                

                  05 ނޮވެމްބަރ 2020

05 ނޮވެންބަރު 2020
ހޯދާ