މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިނގުރައިދޫ އިޖުތިމާޢީ ސަރަޙައްދުތައް ވަގުތީ ގޮތުން ސާފުކޮށް ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ރ.އިނގުރައިދޫ އިޖުތިމާޢީ ސަރަޙައްދުތައް ވަގުތީ ގޮތުން ސާފުކޮށް ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          ރ.އިނގުރައިދޫ އިޖުތިމާޢީ ސަރަޙައްދުތައް ވަގުތީ ގޮތުން ސާފުކޮށްދެއްވުމަށް ޝައުޤްވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          ރ.އިނގުރައިދޫ އިޖުތިމާޢީ ސަރަޙައްދުތައް ވަގުތީ ގޮތުން ސާފުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން       16 ނޮވެންބަރު 2020 ވާ ހޯމަ ދުވަހު މެންދުރުކުރި 10:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު      19 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 10:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ނުވާނަމަ ކުންފުނީގެ ފަރާތުން ފޮނުވި ފަރާތެއްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުމެއް އަދި އަމިއްލަ ފަރުދެއްނަމަ ވެރިފަރާތް ހާޒިރުވެ ނުލައްވާނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.

ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  • Ø      މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް
  • Ø      ފެކްސް އަދި މެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެއެވެ.

 

ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތް

  1. މަސައްކަތުގެ އަގަށް:          90 ޕަސެންޓް (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކުސް ލިބޭނެއެވެ.)
  2. މަސައްކަތުގެ ތަޖުރިބާ:         10 ޕަސެންޓް

-          ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ދާއިރާ އާއި ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކުންނެވެ. އަދި ކޮށްފައިވާ މަސައްކަތްތައް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓާރއަށް ބަލާފައެވެ.

          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 9:15 ން މެންދުރުފަހު 1:45 އާ ދެމެދު މިއިދާރާގެ ނަމްބަރު 6580028 ފޯނަށެވެ.

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2020
ހޯދާ