ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް 2 (ދެއެއް) މިނީ އެކްސްކެވޭޓަރ ގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު: RDC-IUL/PROC/2020-52

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް 2 (ދެއެއް) މިނީ އެކްސްކެވޭޓަރ ގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން

މި ކޯޕަރޭޝަންގެ ބޭނުމަށް 2 (ދެއެއް) މިނީ އެކްސްކެވޭޓަރ ގަންނަން ބޭނުން ވެއެވެ. ގަންނަން ބޭނުންވާ ވެހިކަލްގެ ތަފްސީލް މި އިޢުލާން އާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އެ މަޢުލޫމާތު ޝީޓުގައިވާ ފޯމް ތަކާއި ލިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ.

ޝައުގުވެރިވެލައްވާ ފަރާތްތަކުން 1 (އެކެއް) އެކްސްކެވޭޓަރ އަށް ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ. އަދި 2 (ދެއެއް) އެކްސްކެވޭޓަރ އަށް ހުށަހެޅި ކަމުގައި ވިޔަސް، ޕްރޮޕޯސަލް ހުށަހަޅަންވާނީ ކޮންމެ އެކްސްކެވޭޓަރ އަކަށް ވަކިންނެވެ.

މިޕްރޮޕޯސަލް އާއި އެކު މިކޯޕަރޭޝަންގެ ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު، ހުށަހަޅަން ވާނެއެވެ. މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން*" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.

މަތީގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް (މަޢުލޫމާތު ޝީޓުގައިވާ ފޯމް އާއި ލިޔުންތައް / ވެންޑަރ ރަޖިސްޓްރޭޝަން ފޯމް އާއި ލިޔުންތައް) ފުރިހަމަނުވާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.    

  ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 10 ނޮވެމްބަރ 2020 (އަންގާރަ) ދުވަހުގެ 11:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

                            ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

                           

 

                           

 

03 ނޮވެންބަރު 2020
ހޯދާ