ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކުރުމުގެ އުސޫލަށް ބަދަލުގެނައުމާ ގުޅޭ

  ކުޅުދުއްފުށި ކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކުރުމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. 02 ނޮވެމްބަރ 2020ވަނަ ދުވަހުން ފެށިގެން އަޑުގަދަކުރާ ބޭނުންކުރެވޭނީ ގުދުރަތީ ކާރިސާތައް އަދި އެހެނިހެން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކައުންސިލުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ މުހިންމު މެސެޖުތައް ފޯރުކޮށްދިނުމަށަވެ. މިނޫން އެއްވެސް އެންގުމެއް ގޮވުމަށްޓަކައި، ރަސްމީ އަދި ނުރަސްމީ ގަޑީގައިވެސް ކައުންސިލްގެ އަޑުގަދަކުރާ ބޭނުން ކުރުން 02 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ހުއްޓާލެވިފައިވާކަން އާންމުކޮށް އަންގާ އިއުލާނުކުރަމެވެ. މި ގޮތަށް އުސޫލު ބަދަލުކުރުމުގައި، ކޮވިޑް19 ރޯގާއާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރެފައިވާ ސަރކިއުލަރ 13-B/CIR/2020/44 ރިއާޔަތްކުރެވިފައި ވާނެއެވެ.

           މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

02 ނޮވެންބަރު 2020
ހޯދާ