މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމު އަލަށް ޤާއިމުކުރާ ކުނިކޮއްޓަށް ދިއުމަށް ހެދޭ މަގުގައިވާ ރުއްގަސް ނެގުމާގުޅޭ

ށ.ކަނޑިތީމުގައި އަލަށް ޤާއިމުކުރާ ކުނިކޮއްޓަށް ދިއުމަށް ހެދޭ މަގުގައިވާ ރުއްގަސް ސިޓީލާ ނީލަމުގައި އެންމެ ބޮޑުއަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުމަށް ކައުންސިލުން ބޭނުންވާތީ، ރުއްގަސް ގަންނަބޭނުންވެލައްވާ ފަރާތްތަކަށް ފުރުޝަތު ހުޅުވާލަމެވެ.

ވީމާ، ސިޓީލާ ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މިއިދާރާއިން މިކަމަށް ހާއްސަކުރެވިފައިވާ ފޯމް ނަންގަވާ ފޯރމް ފުރިހަމަކުރައްވާ ހުށަހެޅުމަށް ދެންނެވީމެވެ. ނީލަމަށް އަގު ހުށަހެޅުމުގެ ފުރުސަތު 04 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫކޮންމެ ދުވެހެއްގެ 13:00 ފަހުން ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. މި ނީލަމުގައި ބައިވެރިވުމަށް އެދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] ފޮވުނުވާ މެއިލް ޤަބޫލުކުރާނެވާހަކަ ދެންނެވީމެވެ. މެއިލް ކުރެވޭ ލިޔުންތައް ބަލާނީ އެމެއިލްއެއް މިއިދާރާއަށް ލިބިފައިވާ ތާރީހާއި ގަޑިއަށެވެ. އިޢުލާނާގުޅިގެން ވިދި ވިދިގެން 3 (ތިނެއް) ދުވަސް ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަންވަން ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަމްބަރު 6540041 ނަމަބަރާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ރަބީޢުލްއައްވަލް 1442

02 ނޮވެމްބަރ 2020

02 ނޮވެންބަރު 2020
ހޯދާ