ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ސަހަރާ ވިނަނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުއްވެއްޖެ

ހަނިމާދޫ ސަހަރާ ވިނަނޮޅައި ސާފުކޮށް ބަލަހާއްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

ދެއަހަރު ދުވަހުގެ މުއްދަތަށް، ހަނިމާދޫ ސަހަރާ އެތެރެ ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމާއި ސަހަރާގެ ވަށައިގެންވާ މަގުތަކުގެ ދެބައިކުޅައެއްބައި ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 18 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ 10.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 10.30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

              

 

02 ނޮވެންބަރު 2020
ހޯދާ