މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫގެ ނަން ރަމްޒުކޮށްދޭ ބިނާއެއް ފަރުމާކޮށް ހަދައިދޭނެ ފަރާތެއް ހޯދުން

ނަންބަރު:(IUL)321-A/321/2020/130

އިޢުލާނު

ތުޅާދޫގެ ނަން ރަމްޒުކޮށްދޭ ބިނާއެއް ފަރުމާކޮށް ހަދައިދޭނެ ފަރާތެއް ހޯދުން

                  ލިޔެލާޖެހުމާއި ލާފެންކުރުމުގެ ފަންނަކީ ދިވެހިރާއްޖޭގައި އަދިވެސް ތުޅާދޫއަށް ނިސްބަތްވާ ޙާއްސަ މަސައްކަތެކެވެ. އެހެންކަމުން، މިފަންނު ހިމެނޭގޮތަށް ތުޅާދޫގެ ނަން ރަމްޒުކޮށްދޭ ބިނާއެއް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ފަރުމާކޮށް، ރަށަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، ރަށުގެ ބަނދަރު ސަރަޙައްދުގައި ކައުންސިލުން ދައްކާ ތަނެއްގައި އެ ބިނާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިރަށު މީހުންގެ އާދަކާދަ ނުވަތަ މަސައްކަތްތެރިކަން ދައްކުވައިދޭ ބިނާއެއް ފަރުމާކޮށް ހަދައިދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

އަންދާސީ ހިސާބު ހުށަހެޅުން

16 ނޮވެމްބަރ 2020 (ހޯމަ ދުވަސް)

10:00

ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

                 އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގެންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

                   މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15   ރަބީޢުލްއައްވަލް  1442

01 ނޮވެންބަރު 2020
ހޯދާ