ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

ތިރީގައި މިދަންނަވާ މަޤާމަށް 01 މުވައްޒަފަކު ހަމަޖެއްސުމަށް ބޭނުންވެއެވެ. މި މަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރައްވަންޖެހޭނީ މިރަށު " އިޖުތިމާއީ މަރުކަޒު " ގައެވެ. މި ވަޒީފާގެ މުއްދަތަކީ 01 އަހަރު ދުވަހެވެ.

 

 

މަޤާމް

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމުގެ ގިންތި

ވަގުތީ ( 01 އަހަރު )

މަޤާމުގެ ރޭންކް

ޖީ.އެސް -1

މަޤާމް އޮތް އޮފީސް

ހއ. ކެލާ އިޖުތިމާއީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ގަޑި

15:30 އިން 18:00 އަށް، 20:00 އިން 23:30 އަށް

މުސާރަ / އުޖޫރަ

މަހަކު 3,565.00 ( ތިންހާސް ފަސްސަތޭކަ ފަސްދޮލަސް ފަސް ) ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,500.00 ( ފަނަރަސަތޭކަ ) ރުފިޔާ

އެހެނިހެން އިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާން މަހު ކަނޑައެޅިފައި އޮންނަ އުޞޫލުން ރަމަޟާން އެލަވަންސް ލިބޭނެއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު :

1

އިޖުތިމާޢީ މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ހުޅުވާ ލެއްޕުމުގެ ހުރިހާ އިންތިޒާމުތަކެއް ރާވާ ހަމަޖެހިފައިވޭތޯ ބަލައި އެކަން އިންތިޒާމުކުރުން.

2

ކޮންމެ މަހެއްގެ ޙާޟިރީ/އިތުރުގަޑި ރިޕޯޓް މަހުގެ 15 ވަނަ ދުވަހަށް ނިންމާ، 16ވަނަދުވަހު އޮފީސްބަންދުވުމުގެ ކުރިން ފޮނުވުން.

3

މަރުކަޒުގެ މުވައްޒިފުންގެ ޙާޟިރީ، އިތުރުގަޑީގައި ހުޅުވާލެއްޕުމުގެ ހުއްދަލިބިގެން ކުރެވޭ މަސައްކަތްތަކުގެ ޙާޟިރީ ބެލެހެއްޓުމާއި، ދުވަހުންދުވަހަށް ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނިންމުމާއި، އަޕްޑޭޓް ކުރެވޭ މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކުޅިވަރާއި އެހެނިހެން ކަންތައްތައްކަށް ހޯދޭ ތަކެތީގެ އިންވެންޓްރީ އާއި އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ޔަޤީންކަންލިބުމާއި، މަރުކަޒުގެ އަހަރީ ކަލަންޑަރ އެކަށަ އެޅުމާއި އެކު އެކަލަންޑަރާއި އެއްގޮތްވާގޮތުގެ މަތީން ޕްރޮގްރާމްތައް ހިންގުމާއި، މަރުކަޒުގެ އަހަރީ ރިޕޯރޓް ކަނޑައެޅިފައިވާ ތާރީޚަކަށް ފޮނުން.

 

 

4

މަރުކަޒުން ދޭ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ތަކެއްޗާއި، މަރުކަޒުގެ މަރާމާތާއި، އާބަތުރާ ފިލުވުމުގއި ކުރަންޖެހޭ ކަންތައްތަކުގައި ހޯދަންޖެހޭ ތަކެތި ހޯދުމަށް މަރުކަޒުގެ ކަންތައްތައް ކޯޑިނޭޓްކުރާ ކައުންސިލް އިދާރާއެއް މެދުވެރިކޮށް މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ހޯދުމާއި އަދި މަހުންމަހަށް ތައްޔާރު ކުރަންޖެހޭ ޚަރަދު ރިޕޯޓް ތައްޔާރުކޮށް ކައުންސިލާއިއެކު ރިޕޯރޓް އިވަލުއޭޓް ކުރުން

5

މަރުކަޒުން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކުޅިވަރު ކުޅޭ ދަނޑުތަކާއި ، ފުޓްސެލް ދަނޑުތައް ބެލެހެއްޓޭނޭ ނިޒާމެއް ޤާއިމުކުރުން

6

އިޖުތިމާޢީ މަރުކަޒުން ދެވޭ ޚިދުމަތްތަކަކީ އެމުޖުތަމަޢަކަށް ބޭނުންވާ ޚިދުމަތްތަކެއްކަން ޔަޤީންކުރުމާއި، ޚިދުމަތް ދެމުންދާ ހުރިހާ ވަގުތެއްގައިވެސް މަރުކަޒުގެ ތަކެއްޗާއި ތަނުގެ ސަލާމަތްތެރިކަމަށް ސަމާލުކަން ދިނުމާއި، މަރުކަޒުގެ އެއްވެސް އޭރިޔާއެއްގައި ހަމަނުޖެހުން އުފެދޭނޭ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމާއި މަރުކަޒުގެ އޭރިޔާތަކުގައި ޤާނޫނާ ޤަވާޢިދާ ޚިލާފް އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަޤީންކަން ލިބުން.

7

މަރުކަޒާއި އަދި މަރުކަޒުން ބަލަހައްޓަންޖެހޭ ތަންތަނުގެ އެތެރެއާއި ބޭރުން ސާފުތާހިރުކޮށް ބަލަހައްޓަންޖެހޭ ހިސާބުތައް ކުނިކަހާ ސާފުކުރުވުމާއި، މަރުކަޒުގެ އެތެރޭގެ ހުރިހާ ތަނެއް ކުނިކަހާ ފޮޅާ ސާފުކުރުވުމާއި، ތަޅުންގަނޑު މޮޕް އަޅާ ސާފުކުރުމާއެކު ފެންފޮތިލާ ސާފުކޮށް ބެލެހެއްޓުމާއި، އެތަންތަނުން ނެގޭ ކުނިތައް އެރަށެއްގައި ކުނި އުކާލުމަށް ހަމަޖެހިފައިވާ ނިޒާމެއްގެ ދަށުން އުކާލެވޭނޭ ނިޒާމް ހަމަޖައްސާ އަދި އެމަސައްކަތްތައް ކުރުވުން.

 

މަޤާމުގެ ޝަރުޠު:

01

މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ސްޕޯޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

v     ނުވަތަ

ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- އިންޓަވިއު

- ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

01-  ފުރިހަމ ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

02-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

03-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

04-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

05-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން " މި ވަޒީފާއަށް އެދޭ ފޯމު " ފުރިހަމަ ކުރެއްވުމަށްފަހު 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި އެފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުން މިކަމާގުޅޭ އެއްވެސް ލިޔުމެއް ބަލައި ގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

މި ވަޒީފާއަށްއެދޭ ފޯމު ކެލާ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

ސޯޓް ލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 ނޮވެމްބަރ 2020 އާއި 24 ނޮވެމްބަރ 2020 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

މި އިޢުލާން އާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500027 ނުވަތަ 9650027 ނަންބަރ  ފޯނާއެވެ. އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.

 

             

 

27  އޮކްޓޯބަރ  2020

27 އޮކްޓޫބަރު 2020
ހޯދާ