މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި، އއ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އަދި ހިޔާ (ހުޅުމާލޭ) އައިސޮލޭޝަން ފެސިލިޓީއަށް ކޭޓްރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބ

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި، އއ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އަދި ހިޔާ (ހުޅުމާލޭ) އައިސޮލޭޝަން ފެސިލިޓީއަށް ކޭޓްރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުން ފެށިގެން 08 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ  ކުރިން [email protected]  އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ކޮންމެ ފެސިލިޓީއަކަށް ކޭޓްރިންގ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ފެސިލިޓީއަކަށް ވަކިން ރަޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ދެންނެވީމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސްތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގައި ދަރުބާރުގޭގައެވެ.

ކޮންމެ ފެސިލިޓީއަކަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް އިވެލުއޭޓްކުރެވޭނީ އެ ފެސިލިޓީއެއް ވަކިންނެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހު މެންދުރުފަހު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

10 ރަބިއްޢުލްއައްވަލް 1442

27 އޮކްޓޫބަރު 2020
ހޯދާ