ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެކައުންޓްސް އެގްޒެކެޓިވް މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ޢާންމުކޮށް ހުޅުވާލުން
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެކައުންޓްސް އެގްޒެކެޓިވްއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާ ކުރި މި ކޮމިޝަނުގެ ނަންބަރު 2020/40/އައި.ޔޫ.އެލް/އާރް.އީ-188 (8 އޮކްޓޫބަރު 2020) އިޢުލާނަށް، ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވި ފަރާތްތައް މަދުކަމަށްވާތީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޗީފް އެކައުންޓްސް އެގްޒެކެޓިވްއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. އަދި، ކުރިން މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔުންތައް އަލުން ހުށަހަޅަން ނުޖެހޭނެކަމާއި، މި އިޢުލާނުގެ މުއްދަތުގެ ތެރޭގައި އިތުރު ލިޔުމެއް ހުށަހަޅަން ބޭނުންވެއްޖެނަމަ، އެ ލިޔުމެއް ހުށަހެޅުމުގެ ފުރުޞަތު އެ ފަރާތްތަކަށް އޮންނާނެ ކަންވެސް ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ނަމަ، ކޮމިޝަނުގެ ނަންބަރު 3307313 ފޯނަށް ގުޅުއްވުން އެދެމެވެ.
މަޤާމުގެ ޝަރުޠު:
އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން.
އަދި
ޕަބްލިކް ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެކައުންޓިންގ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. (މި ދެ ތަޖުރިބާގެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާންވާނެއެވެ.)
މުސާރައާއި ޢިނާޔަތްތައް:
އަސާސީ މުސާރަ: -/25,000 ރުފިޔާ (މަހަކު)
ޖޮބް އެލަވަންސް: ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމުގެ "ޖޮބް އެލަވަންސް" އަކީ ދުވަހަކަށް -/1،176 ރުފިޔާއެވެ. މި އެލަވަންސަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް ދެވޭނެ އެލަވަންސެކެވެ. އޮފީހަށް ޙާޟިރުވުމުގެ ތެރޭގައި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ފިޒިކަލީ އޮފީހަށް ޙާޟިރުވުމާއި، ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުޞޫލުން ސައިން-އިން ވެގެން ޙާޟިރުވާ ޙާޟިރުވުންވެސް ހިމެނޭނެއެވެ. އަދި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތައް ވެސް އޮފީހަށް ޙާޟިރުވާ ދުވަސްތަކުގެ ތެރޭގައި ހިމެނޭނެއެވެ.
ޗީފް އެކައުންޓްސް އެގެޒިކެޓިވްގެ މަޤާމަކީ ޤާނޫނު ނަންބަރު 2/2008 (ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަޤާމުގެ ތެރޭގައި ހިމެނޭ މަޤާމެކެވެ. ވީމާ، މި މަޤާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:
ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި މިވާ ލިޔުންތައް 2020 ނޮވެންބަރު 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މި ކޮމިޝަނުގެ އިދާރާ (ސިވިލް ސަރވިސް ކޮމިޝަން، ހެންވޭރު، މަޖީދީމަގު، 20040) އަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. ހުށަހަޅަންޖެހޭ ތަކެތީގެ ތެރެއިން ނަންބަރު (4)، (5)، (6) އަދި (7) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. "ޗީފް އެކައުންޓްސް އެގްޒެކެޓިވް ގެ ވަޒީފާއަށް އެދޭ މަޢުލޫމާތު ފޯމު"(މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/download/2082/ ޑައުންލޯޑު ކުރެވޭނެއެވެ).
2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
3. އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓިންގ (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ "މެމްބަރ އިން ގުޑް ސްޓޭންޑިންގ" ކަން އަންގައިދޭ، އެ ތަނެއްގެ ލިޔުން.
4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ކަނޑައަޅާފައިވާ އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރޝިޕް ސެޓްފިކެޓް.
5. ޕަބްލިކް ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ހާޞިލުކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
6. ފުރިހަމަކޮށްފައިވާ އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ ސްޓޭންޑަރޑްސް (އިޕްސާސް) ގެ ތަމްރީނުތަކާއި ގަވަރމަންޓު ފައިނޭންސް ސްޓެޓިސްޓިކްސް (ޖީއެފް.އެސް) ގެ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތު، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އަދި ވަޒީފާ އަދާކޮށްފައިވާ މަޤާމަކީ މުސާރަ ލިބޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
(ރ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުންނިތަކާއި އަމިއްލަ އިދާރާތަކާއި، ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް ފުރިހަމަކޮށްފައިވާ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
8. ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
9. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
10. ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު. (ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/download/2082/ ޑައުންލޯޑު ކުރެވޭނެއެވެ).
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާ:
1. ތަޖުރިބާ: %40 (ސާޅީސް އިންސައްތަ)
(ހ) ޕަބްލިކް ސެކްޓަރ ފައިނޭންސް ތަޖުރިބާ %20 (ވިހި އިންސައްތަ)
(ށ) ޕްރައިވެޓް ސެކްޓަރ އެކައުންޓިން ތަޖުރިބާ % 10 (ދިހަ އިންސައްތަ)
(ނ) ފައިނޭންސް / އެކައުންޓިންގ ދާއިރާގެ ހިންގުމުގެ ތަޖުރިބާ % 10 (ދިހަ އިންސައްތަ)
2. މަޤާމުގެ މަސައްކަތާ ގުޅޭ ތަމްރީނު: %5 (ފަސް އިންސައްތަ)
3. އިމްތިހާނު: %20 (ވިހި އިންސައްތަ)
4. އިންޓަރވިއު އާއި ޕްރެޒެންޓޭޝަން: %35 (ތިރީސް ފަސް އިންސައްތަ)
އިމްތިޙާނުކުރުމާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން:
ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިހާނު ދިނުމާއި، އިންޓަރވިއުއަކާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން 2020 ނޮވެންބަރު 19 އާއި 2020 ނޮވެންބަރު 25 އާ ދެމެދު މާލޭގައި އޮންނާނެއެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެ ނަމަ އެ ކަން މި ކޮމިޝަނުން އަންގާނެ ވާހަކަ ދަންނަވަމެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރުން:
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ޕޮއިންޓް ދެވުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމުން (އީމެއިލް ނުވަތަ ސިޓީ) މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
ނޯޓް: ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތަކާއި މަސައްކަތްތަކާއި އެ މަޤާމުގެ ކޮމްޕިޓެންސީތައް، ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލުގައި ވާނެއެވެ.