މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުން

އަމިއްލަ ތަކެއްޗާއި ވަސީލަތްތައް ބޭނުންކޮށްގެން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / ޅ. ފެލިވަރުގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ، ބައިނަލްއަގްވާމީ އޮޑިޓަރުން ނުވަތަ މިފްކޯގެ ބަޔަރުން ބޭނުންވާ މިންގަނޑު ހާސިލްކޮށްދިނުމުގައި ޓެކްނިކަލްގޮތުން މިފްކޯއަަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލްކަންހުރި ފަރާތެއް ކަމުގަައިވުމާއި، ކާބޯތަކެތި އުފައްދާ ތަންތަން އޮޑިޓްކުރާ، ބައިނަލްގްވާމީ އޮޑިޓަރުން ގަބޫލްކުރާ ފެންވަރަށް މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން، އަދި ޕެސްޓް މެނޭޖްމެންޓްގެ ދާއިރާއިން ބައިނަލްއަގްވާމީ އޮޑިޓަރުންނާއި އެކު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ވީމާ، މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 05 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އީ- މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 05 ނޮވެމްބަރ 2020 ވާބުރާސްފަތި ދުވަހުގެ ހަވީރު 16:00ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:00އެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތަކުން މިފްކޯ (ހިލާލީމަގު/ މާފަންނު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ، ރަޖިސްޓްރީ ކުރުމަށްދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. 

27 އޮކްޓޫބަރު 2020
ހޯދާ