ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑު މަސައްކަތު

ކުޑަހުވަދޫ ފުޓްބޯޅަދަނޑު ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.  

 މަޤާމް:

 މަސައްކަތު

ބޭނުންވާ ޢަދަދު:  01 (18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހުން )

 މަޤާމުގެ ބާވަތް:

 ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ  މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ   ވަޒީފާއެއް ނޫނެވެ.)

 މުސާރައާއި އެލަވަންސް  

 މުސާރަ (މަހަކު)  -/3100( ތިންހާސް އެއްސަތޭކަ ރުފިޔާ)

 ޙާޟިރީ އެލަވަންސް

 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/60  ( ފަސްދޮޅަސް  ރުފިޔާ )

 އިތުރު އެލަވަންސްތައް:

 އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ   ދުވަހާއި  ގަޑިތައް:

 ހަފްތާ އަކު 6 ދުވަސް ، ދުވާލަކު 6 ގަޑީއިރު   

  ފެންވަރު ނުވަތަ ޝަރުޠު

 1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،

  1. ގިނަވަގުތު މަސައްކަތުގައި  އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

 ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 1-   ކޮންމެ ދުވަހަކު 1 ފަހަރު ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުން

 2-  ކޮންމެ ދުވަހަކު މަދުވެގެން 3 ގަޑީއިރު ވިނަނޮޅުމުގެ މަސައްކަތްކުރުން

 3-  ހަފްތާއަކު 2 ދުވަހު ދަނޑަށް ބޭސްޖެހުމުގެ މަސައްކަތްކުރުން

 4-  ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެ މަތިން އިތުރު ގަޑީގައި މަސައްކަތް ކުރުން.

 5-  މަސައްކަތްކުރަންޖެހޭ ދަނޑުގައި ފުޓުބޯޅަ މުބާރާތެއް ހިނގާނަމަ ކައުންސިލުން ކަނޑައަޅާގޮތަކަށް   އެމަސައްކަތުގައި  ބައިވެރިވުން. 

 6-  ހަފްތާއަކު 1 ދުވަހު ދޮޅިދާންގެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. 

 7-  އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެ މަސައްކަތުގައި   އަމަލީ  ގޮތުން ބައިވެރިވުން.       

  

 އިންޓަރވިއު   އޮންނާނެ ތަނާއި  ، މުއްދަތު:

އިންޓަވިއު އޮންނާނީ  2020 ނޮވެންބަރު 09 ން ފެށިގެން ރަސްމީ 3 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

 މަޤާމަށް   އެދެންވީގޮތާއި ސުންގަޑި:

2019 ނޮވެންބަރު 8 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

  ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން    ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް   އިތުރުކޮށްދެވޭނެއެވެ.

  މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް     އިދާރާގެ  6760667 / 6760522 ނަންބަރު ފޯނާ އެވެ. އީ   މެއިލްކުރައްވާނީ  [email protected]  އަށެވެ.

 

       

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

          

 

 

27 އޮކްޓޫބަރު 2020
ހޯދާ