ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު ދޫނޑިގަން 'ކުނަހަގާލިގެ' ގޯއްޗާއި ބެހޭ
ޏ. ފުވައްމުލަކު، ދޫނޑިގަން، 'ކުނަހަގާލިގެ' ވެރިފަރާތް ކަމުގައިވާ އަލްމަރްޙޫމް އަޙްމަދު ޖަމާލުގެ ވާރިޘުންގެ ފަރާތުން އެގޯތީގައި އަޅާފައިހުރި މުސްކުޅި ޢިމާރާތުން ބޭރުގައި ޗަކަ ބިން ހިމެނޭ ސަރަޙައްދުގައި ޢިމާރާތްކުރަމުން އަންނަ ކަމުގެ ޝަކުވާ ޢާއްމުންގެ ފަރާތުން މިކައުންސިލަށް ވަނީ ލިބިފައެވެ.
މިޝަކުވާތަކާއި ގުޅިގެން މިއޮފީހުގެ ނަންބަރު 468-LID/INDIV/2020/138 ސިޓީއިން ވަނީ އެގޯތީގައި ޢިމާރާތްކުރުމުގެ މަސައްކަތް މިވަގުތައް ހުއްޓާލުމަށް އެންގިފައެވެ.
ނަމަވެސް ގޯތީގެ އިމުން ބޭރުކަމަށްބެލެވޭ ސަރަޙައްދުގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާތީވެ އެކަން ހުއްޓާލުމަށް މިކައުންސިލުން އެފަރާތްތަކަށް އަންގައި އެކަން ޢާއްމުކޮށް އިޢުލާން ކުރަމެވެ.
26 އޮކްޓޫބަރު 2020
ހޯދާ