އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ސޯޝަލް ސަރވިސް ވާރކަރ

މަޤާމް :ސީނިއަރ ސޯޝަލް ސަރވިސް ވާރކަރ
ބޭނުންވާ އަދަދު :1

އިއުލާން

 

      މި ހޮސްޕިޓަލުގައި ސީނިއަރ ސޯޝަލް ސަރވިސް ވޯކަރގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ބޭނުންވާ އަދަދު: 1 (އެކެއް)

 މަސައްކަތްކުރަންޖެހޭ ވަގުތު: ދުވާލަކު 8 ގަޑިއިރު ހަފްތާއެކު 5 ދުވަހު (ދަންފަޅި އުސޫލުން)

މުސާރައާއި އެހެނިހެން އެލަވަންސްތަކާއިއެކު މިމަގާމުގައި މަސައްކަތްކުރައްވާ ފަރާތަކަށް ޖުމްލަ މަހަކު ލިބިލައްވާނީ 16911.25ރުފިޔާ (ސޯޅަހާސް ނުވަސަތޭކަ އެގާރަ ރުފިޔާ ފަންސަވީސް ލާރި) އެވެ. 

 

 

 

  އިތުރުގަޑީގައި މަސައްކަތްކުރެއްވި ނަމަވެސް އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބިނުލައްވާނެއެވެ.

މުއްދަތު:    3 މަސް ދުވަސް

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތްގެ ސޯޝަލް ސަރވިސް ޚިދުމަތް ދިނުމުގެ މަސައްކަތްކުރުން.

2-      އޯޕީޑީއަށް އަންނަ ނަފްސާނީ ބަލިތަކާބެހޭ ބަލިމީހުން ސޯޝަލް ސަރވިސްގެ ޚިދުމަތް ދިނުން.

3-      އެނދުމަތި ކުރެވިފައިވާ ނަފްސާނީ ބަލިމީހުންނަށް ސޯޝަލް ސަރވިސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރުން.

4-      ނަފްސާނީ ބަލިމީހުންނަށާއި ބަލިމީހާގެ އާއިލާއަށް ބޭނުންވާ ޚިދުމަތް ދެނެގަތުމަށް ބަލިމީހާގެ ސޯޝަލް މައްސަލަތައް ދެނެގަތުން. މިގޮތުން މިކަންކަން ދެނެގަތުމަށް އިންޓަރވިއު ކުރުމާއި އަދި ބިހޭވިޔަރގެ ޑައިރެކްޓް އޮބްޒަވޭޝަން މެދުވެރިކޮށް ދެނެގަތުން.

5-      ކައުންސެލިންގ، ސަރޕޯޓް ސަރވިސަސް، ޓްރީޓްމަންޓް މެތަޑްސް އަދި ރިފަރެލްސް އަދި ދުވަސް ދުވަސް ކޮޅުން ބަލިމީހާއާއި ބަލިމީހުންގެ އާއިލާގެ ސިޓުއޭޝަންތައް ދަނެގަން ކެއަރ ޕްލޭނެއް ތައްޔާރު ކުރުމާއި އެ ކެއަރ ޕްލޭނަށް ބަދަލު ގެންނަންޖެހެންޔާ ބަދަލު ގެނައުން.

6-      ބަލިމީހާއަށާއި ބަލިމީހާގެ އާއިލާއަށް ޓްރީޓްމަންޓް ޕްލޭން ރަނގަޅަށް ސާފުކޮށް ކިޔައި ދިނުން.

7-      ޓްރީޓްމަންޓް ޕެލޭނުގެ ރެކޯޑުތައް ކަނޑައަޅާފައިވާ ޕްރޮސީޖަރސްތަކާއި ގަވާއިދުތާކާ އެއްގޮތަށް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުން.

8-      ކްރައިސިސް އިންޓަރވެންޝަން ޕްލޭން އާއި މެނޭޖް ރިފަރެލްސް އަދި އިންޕޭޝަންޓް ޕްރޮގްރާމް ނިމުމުން ޕޭޝަންޓުންނަށް މުޖުތަމައަށް ނިކުންނަން އެހީތެރިވެދިނުން.

 

މަޤާމުގެ ޝަރުތުތައް:

 

  1. 1.       ކައުންސެލިންގ ދާއިރާއަކުން ނުވަތަ ސޯޝިއޮޮލޮޖީގެ ދާއިރާއަކުން ނުވަތަ ސައިކޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަަނަދެއް ހާސިލްކޮށްފައިވުމާއެކު،  ކައުންސެލިންގ ދާއިރާއަކުން ނުވަތަ ސޯޝިއޮޮލޮޖީގެ ދާއިރާއަކުން ނުވަތަ ސައިކޮލޮޖީގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ކައުންސެލިންގ ދާއިރާއަކުން ނުވަތަ ސޯޝިއޮޮލޮޖީގެ ދާއިރާއަކުން ނުވަތަ ސައިކޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަަނަދެއް ހާސިލްކޮށްފައިވުން.

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 02 ނޮވެމްބަރ 2020 ވާ  ހޯމަ ދުވަހުގެ 13:30 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހަޅުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
    2. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
    3. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
    4. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
    5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
    6. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
    7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސަންސްގެ ކޮޕީ

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ

ނަން އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

09 ރަބީއުލްއައްވަލް 1442

26 އޮކްޓޯބަރ 2020

 

 

 

26 އޮކްޓޫބަރު 2020
ހޯދާ