މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                           ނަންބަރު:IUL)MMPRC-PRO/1/2020/25)   

އިޢުލާން

މިކޯޕަރޭޝަންއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތައް ފަޔަރވޯލްއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:15 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ސާފްކުރެއްވުމަށް 2020 ނޮވެމްބަރ 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:15 ގެކުރިން މި ކޯޕަރޭޝަންގެ ނަންބަރ 3323228 ފޯނާއި ގުޅުއްވައިގެން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަދި 2020 ނޮވެމްބަރ 18 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ދެވަނަ ފަންގިފިލާ)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑު ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުވުން އެދެމެވެ.

  • ބިޑު ހުށައަޅާ ފަރާތުގެ ނަން:
  • ކުނަފުނީގެ ނަން:
  • ގުޅޭނެ ފޯން ނަންބަރު:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: To Acquire a Firewall for MMPRC

ބިޑް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް (https://corporate.visitmaldives.com/downloads/) ގައިވެސް ޝާއިއުކުރެވިފައި ވާނެއެވެ.

                         09 ރަބީއުލްއައްވަލް 1442ހ.

                         26 އޮކްޓޯބަރ 2020މ

 

 

 

26 އޮކްޓޫބަރު 2020
ހޯދާ