ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޕްރޮޖެކެޓްސް އޮފިސަރ

މަޤާމް :ޕްރޮޖެކެޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

FAM/HR/IUL/2020/1007 އިޢުލާން ނަންބަރު:

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް

ޕްރޮޖެކެޓްސް އޮފިސަރ   

ބޭނުންވާ ޢަދަދު

1

 

 

 

މުސާރަ އެލަވަންސް އާއި އެކު

-/6500 އާއި -/10000 ދެމެދު  

 

 

އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

 

 

ޑިޕާރޓްމަންޓް

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

 

 

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ

 

 

މަޤާމުގެ ޝަރުތުތައް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

  • ޕްރޮޖެކްޓް ޑިޕާރޓްމަންޓުން ތައްޔާރުކުރާ ތަފާތު މަޝްރޫއުތަކުގެ ކޮންސެޕްޓްތައް ތައްޔާރުކުރުމާއި ބީއޯކިއު ތައްޔާރުކުރުން.
  • ފީފާ އަދި އޭފްސީގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ޝީޓު ތައްޔާރުކުރުމާއި ، މިފަދަ މަސައްކަތްތަކުގެ ޕްރޮގްރެސް ރިޕޯޓް ތައްޔާރުކޮށް މަންތްލީ އަދި ވީކްލީ ރިޕޯޓް ހިއްސާ ކުރަންޖެހޭ އެހެނިގެން ފަރާތްތަކާއި ހިއްސާ ކުރުން.
  • ޑިޕާރޓްމަންޓުން ގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުން ހަދަންޖެހޭ ފީލްޑް އެސެސްމަންޓްތައް ހެދުމަށް ދާންޖެހޭ ރަށްރަށަށް އަދި ސައިޓްތަކަށް ދިއުމާއި ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ތައްޔާރުކުރުމާއި ބޭނުންވާ ޑޭޓާ އެއްކޮށް ޕްރޮސެސްކުރުން.
  • ޑިޕާރޓްމަންޓުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޓެކްނިކަލް ރިޕޯޓްތައް އަދި ނިމޭ މަޝްރޫޢުތަކުގެ ކޮމްޕްލީޝަން ރިޕޯޓް ތައްޔާރުކުރުން.
  • ގަލޮޅު ދަނޑުގެ ކުޅޭ މުބާރާތްތަކުގެ ސްޕޮންސަރ ބޯޑްތަކާއި ގުޅޭ އެންމެހާ މަސައްކަތް ކުރުމާއި މެޗުތަކަށް ޑިޕާޓްމަންޓުގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުން.
  • އޮފީސް އިމާރާތުގެ ފޮޅާ ސާފުކުރުމުގެ މަސައްކަތުގެ ތާވަލު އެކުލަވާލުމައި އެމަސައްކަތް ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުން.
  • މާފަންނު ޓާރފް ދަނޑުގެ އެންމެހާ މެއިންޓެނެންސް މަސައްކަތްތައް ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
  • އަދި މިނޫންވެސް އޮފީހުންރާވައި ކަންކަމުގައި ބައިވެރިވެ އެހީވުން.

 

ހުށަހަޅަންޖެހޭ ތަކެތި

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ނޯޓް

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 08:00 އިން  15:00 އަށެވެ.

 

 

ސިޓީ ފޮނުވަންވީ ތާރީޚް

  • މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 ނޮވެމްބަރ 10 ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
  • އީމެއިލް ބަލައި ނުގަނެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3327868،7793977 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަންއަށް ލިބިގެންވެއެވެ.

 

 

 

 

 

             

 

25 އޮކްޓޫބަރ 2020

 

 

25 އޮކްޓޫބަރު 2020
ހޯދާ