ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ފަޅު ރަށްތަކުން ރުއްގަސް ކަނޑަމުންދާތީ އެކަން ނުކުރުމަށް އެދި

އިޢުލާން

މިއަތޮޅުގެ ފަޅުރަށްރަށުން ރުކާއިގަސްކެނޑުމާއި،އެފަދަތަކެއްޗަށްގެއްލުންދިނުން،ރަށުގެ ފަޅުން އަދި ބީޗްތަކުން ދޮންވެލި ނެގުމާ،ރަށުގެ އެއްގަމުން ކަޅުވެލި ނެގުންފަދަ ރަށްރަށަށް ގެއްލުންތައް ލިބޭފަދަ ކަންކަންކުރުން ފަހަކަށްއައިސް ވަރަށްބޮޑަށް އިތުރުވަމުންދާކަން ވަނީފާހަގަކުރެވިފައެވެ.އަދިއެކަމުގެޝަކުވާތައްވެސް މިއިދާރާއަށްދަނީ ލިބެމުންނެވެ.

ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމާ، މިއަތޮޅުގައި ހުރި ޤުދުރަތީ ވަޞީލަތްތައް މަދުކަމާ، އެވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށް އަންނަންއޮތް ޖީލްތަކަށް ވާޞިލް ކޮށްދިނުމުގެ އެންމެބޮޑު ޒިންމާ އެއް، އެޅިފައިވާ ބަޔަކީ މިއަތޮޅުގައި ދިރިއުޅެމުންދާ ރައްޔިތުންކަމަށްވާއިރު، އަޅުގަނޑުމެންގެ ވެށި ހިމާޔަތްކޮށް، ޤުދުރަތީ ވަޞީލަތްތައް ބަލަހައްޓާނެ އެހެން ފަރާތެއް ނެތްކަން އެގިތިބެމެ،އެ ކަންކަމަށް ގެއްލުންތައް ލިބޭނެގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ، އަޅުގަޑުމެންގެ މުސްތަޤްބަލަށް ލިބޭނެ ދެރައެއްކަން ޤަބޫލްކޮށް، އަޅުގަނޑުމެންގެ ހިމާޔަތަށްޓަކާ އުފެދިފައިމިވާ ރަށްތަކުގެ ނާޒުކުކަން ގެއްލިގެންދާފަދަ ގޮތްގޮތަށް އަމަލުތައްނުހިންގުމަށާއި މިފަދަ ނާތަހުޒީބީ ކަންތައްތަކުން ދުރުހެލިވެ ތިބުމަކީ މިއިދާރާއިން ވަރަށްބޮޑަށް އެދޭ އެދުމެއްކަމުގައި ދަންނަވަމެވެ. އަދި، އަތޮޅުގެ ފަޅުރަށްތައް ބޭނުންކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން އެ ރަށްތައް ބޭނުންކުރަމުން ގެންދިއުމަށްވެސް މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ.

  • ރަށްރަށުން ރުއްގަސް ނުކެނޑުން އަދި ރުއްގަހަށް އެއްވެސް ގެއްލުމެއް ނުދިނުން
  • ރަށްރަށާއި، ހިކިފައިހުންނަ ފިނޮޅުފަދަ ތަންތަނުން، އެއްވެސް ބޭނުމެއްގައި ވެލި ނުނެގުން އަދި ރަށަކަށް ގެއްލުމެއްވާނެފަދަ ގޮތަކަށް ރަށުގެ ފަޅުން ވެލި، އަކިރިއާއި ގައު ފަދަ ތަކެތި ނުނެގުން
  • ހިމާޔަތް ކުރެވިފައިވާ ކަނޑޫފާ، ކުޅި ފަދަ ތަންތަނާއި އެ ތަންތާނގެ ވަށައިގެންވާ ދިރުންތަކަށްގެއްލުމެއްލިބިދާނެ އެއްވެސްކަމެއް ނުކުރުން

ވީމާ، މިއަތޮޅުގެ ފަޅުރަށްރަށް ބޭނުންކުރާ ފަރާތްތަކުން މަތީގައިއެވާ ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

05ރަބީޢުލްއައްވަލް 1442

22އޮކްޓޫބަރ 2020

22 އޮކްޓޫބަރު 2020
ހޯދާ