މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ރާއްޖޭން ބޭރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާބެހޭ

 

                 ރާއްޖޭން ބޭރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާބެހޭ

 

2021 ޖޫން  ގައި ފެށުމަށް ހަމަޖެހިފައިވާ މިދަންނަވާ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކޯސް:

ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ (ޔޫ.އެސް.ސީ.ޖީ.އޭ) ކްލާސް އޮފް 2025

ޖާގައިގެ ޢަދަދު:

06 (ހައެއް)

އިންސްޓިޓިއުޓް / ޤައުމު :

ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ / އެމެރިކާ

ކޯސް ފެށޭ ތާރީޚް:

ޖޫން 2021

މުއްދަތު:

04 (ހަތަރެއް) އަހަރު

ކޯހުގެ ބާވަތް

ނޭވީ

ކޯހުން ހާޞިލްވާ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

ކުރިއަށް ދެވިދާނެ ދާއިރާތައް:

 1. އެއޮރޯސްޕޭސް އިންޖިނިއަރިންގ

 2. ކެމިސްޓްރީ
 3. ކޮމްޕިއުޓަރ ސައިންސް  4. ސައިބަރ އޮޕްރޭޝަންސް
 5. އިންފޮމޭޝަން ޓެކްނޮލޮޖީ  6. އިކޮނޮމިކްސް
 7. އިލެކްޓްރިކަލް އިންޖިނިއަރިންގ  8. ސައިންސް
 9. އޯޝަނޮގްރޮފީ

 10. މެތަމެޓިކްސް

 11. ނޭވަލް އާރކިޓެކްޗަރ

 12. އޮޕަރޭޝަންސް ރިސަރޗް

 13. ފިޒިކްސް

 14. ޕޮލިޓިކަލް ސައިންސް

  • މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާއި ބެހޭ މަޢުލޫމާތު އެކެޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usna.edu/ އިން ލިބިލައްވާނެ.

ޝަރުތު:

  • 2021 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން.
  • އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
  • ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
  • ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)

ސުންގަޑި

މިކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2020 އޮކްޓޯބަރު 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމް.އެން.ޑީ.އެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ(އީ-މެއިލް އެޑްރެސް [email protected])  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

  • ކޯސް އެޕްލިކޭޝަން ފޯރމް އެމް.އެން.ޑީ.އެފްގެ ވެބްސައިޓުwww.mndf.gov.mvއިން ލިބެން ހުންނާނެއެވެ.
  • މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމް.އެން.ޑީ.އެފް، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ ނަންބަރު:3322607، އެކްސްޓެންޝަން: 2157، ނުވަތަ މޯބައިލް: 9871235 އަށް ގުޅުއްވުން އެދެމެވެ.

 

 

22 އޮކްޓޫބަރު 2020
ހޯދާ