އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކުނިގޮނޑު 12 (ބާރަ) މަސް ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

                                                       ނަންބަރު: A/IUL/344/2020/24

                                                         ވަނަ: 04

ޢިއުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:

އއ.ފެރިދޫ ކުނިގޮނޑު 12 (ބާރަ) މަސް ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

އއ.ފެރިދޫ ކުނިގޮނޑު 12 (ބާރަ) މަސްދުވަހުގެ ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އއ.ފެރިދޫ ކައުންސިލްގައި ރަޖިސްޓަރ ކުރައްވަންވާނެއެވެ.

ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާނު ކުރެވޭދުވަހުން ފެށިގެން 25 އޮކްޓޯބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 އާއި ދެމެދު ސަރުކާރު ބަންދު ނޫންކޮންމެ ދުވަހެއްގެ 8:30 އިން މެންދުރު ފަހު 13:00 އާއި ދެމެދުގައެވެ. ރަޖިސްޓްރީކުރެއްވުމަށް ކައުންސިލްގެ ޕްރޮޖެކްޓް އޮފިސަރ ފާޠިމަތު ނުހާ 6660545 އާއި ގުޅުއްވައިގެން ރަޖިސްޓްރީގެ ކަންތައް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. އއ.ފެރިދޫ ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން:

މި މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 26 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުޅުވުން:

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 02 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި އއ.ފެރިދޫ ކައުންސިލްގެ އިދާރާގައި ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑްތަކާއި ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރަށްވާނީ 1 ނޮވެމްބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލްގެ އީމެއިލް ([email protected]) އަށެވެ.

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   04 ރަބީޢުލްއައްވަލް 1442

21 އޮކްޓޫބަރު 2020
ހޯދާ