ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި މަރާމާތުކުރުން

މިރަށުގައި މިހާރު ޖަހާފައިވާ މަގުބައްތިތައް ކޮންޓްރެކްޓަރ އުސޫން އެއްއަހަރުދުވަހަށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

      މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހު 13.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހު 13.00 އަށް މަސައްކަތްތައް ކުރެވޭނެ އަގު ބަޔާންކޮށް އަންދާސީ ހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

       04 ރަބީޢުލްއައްޥަލް 1442

       21   އޮކްޓޯބަރ  2020 

 

 

 

                                                      ޢަލީ ޝަމީމް

                                                  ކައުންސިލްގެ ނައިބު ރައީސް

 

 

 

21 އޮކްޓޫބަރު 2020
ހޯދާ