މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާ ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ތިރީގައި މި ދަންނަވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު IUL)28-AD-2/1/2020/41) އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ ތަކެތި ނީލަން ކިޔުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.

- 05 ޑައިވިންގ ރެގިއުލޭޓަރ

- 11 ޑައިވިންގ ޓޯޗް

- 01 ޑައިވިންގ ކޮމްޕަސް

- 02 ޑައިވިންގ ކޮމްޕިއުޓަރ

- 11 ބީސީޑީ ޑައިވިންގ ޖެކެޓް

 

މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ފެށޭ އަގު: 4935.54ރ. (ހަތަރު ހާސް ނުވަ ސަތޭކަ ތިރީސް ފަސް ރުފިޔާ ފަންސާސް ހަތަރު ލާރި)
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: އިންޑަސްޓްރިއަލް ޒޯން / މާލެ
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 05 ނޮވެންބަރު 2020 ވަނަ ދުވަހުގެ 10:00 ގައި.
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
  5. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9633858

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

21 އޮކްޓޫބަރު 2020
ހޯދާ