މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެބް މާސްޓާރ

                                       މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                                                      އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/23)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ވެބް މާސްޓާރ

މުސާރަ (މަހަކު): -/13,800ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/4,600 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/4,600 ރުފިޔާ މަހަކު

 ނޯޓް: (މި މަޤާމުގެ މުސާރައަށް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ތިރިގައި އެވާ ބަދަލު ގެނެވިފައެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން މަޤާމުގެ އަސްލު މުސާރަ އިއާދަ ކުރެވޭނެއެވެ.

މުސާރަ (މަހަކު): -/13,110 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/4,370 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/4,370 ރުފިޔާ މަހަކު)

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

 ބޭނުންވާ އަދަދު: 1

  1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 (ގްރެޗުއޭޓް ޑިޕްލޮމާ/ޕޯސްޓް ގްރެޗުއޭޓް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ސީނިއަރ މަގާމެއްގައި  ލިބިފައިވުން.

 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޕަރޭޝަންގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް މެނޭޖްމެންޓްގެ ލަފަޔާއެއްގޮތައް ގެނައުމުގެ މަސައްކަތް ކުރުން
  2. ކޯޕަރޭޝަންގެ ވެބްސައިޓަކީ ޔޫސާ ފްރެންޑްލީ ވެބްސައިޓަކަށް ހެދުމަށް ބޭނުންވާ ބަދަލުތައް މެނޭޖްމެންޓްގެ މަޝްވަރާގެމަތިން ގެނައުން
  3. ކޯޕަރޭޝަންގެ ވެބްސައިޓްގެ ސެކުއިރިޓީ އިތުރަށް ވަރުގަދަކުރުމަށް ކުރަންހެޖޭ މަސައްކަތްތައް ބަރާބަރަށް ކުރަމުން ގެންދިއުން
  4. ކޯޕަރޭޝަންގެ ސާވާރ ބަރާބަރަށް އަޕްޑޭޓްކުރުމާއި، މެއިންޓެއިންކުރުން
  5. ކޯޕަރޭޝަންގެ ވެބްސައިޓަށް އަޕްލޯޑްކުރަންޖެހޭ އެންމެހާ ތަކެތި ދުވަހުން ދުވަހަށް އަޕްލޯޑް ކުރަމުން ގެންދިއުން
  6. ކޯޕަރޭޝަންގެ ވެބްސައިޓް ބޭނުން ކުރުމުގައި ދިމާވާ ޓެކްނިކަލް މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުން
  7. ކޯޕަރޭޝަންގެ ވެބްސައިޓުގައި އެކުލެވޭ މެމްބަރޝިޕް ޕޭޖް މެއިންޓެއިންކުރުމާއި، އިތުރަށް ހަރުދަނާ ކުރުމާއި އަދި މި ޕޭޖު ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުން
  8. ކޯޕަރޭޝަންގެ ވެބްސައިޓްގެ ލޯޑިން ސްޕީޑް މެއިންޓެއިން ކުރުމުގެ މަސައްކަތް ޤަވާޢިދުން ކުރަމުން ގެންދިއުން
  9. މި ކޯޕަރޭޝަންގެ ވެބްސައިޓަށް އަޕްލޯޑު ކުރަންޖެހޭ ސަރކިއުލަރތަކާއި، ނިއުސް ލެޓަރތަކާއި އަދި ކޯޕަރޭޝަންގެ ގުޅުންހުރި ޑޭޓާބޭސް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން
  10. މި ކޯޕަރޭޝަންގެ ތަފާތު ވެންޑާސް އަދި މެމްބަރުންގެ ޑޭޓާބޭސް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން
  11. މި ކޯޕަރޭޝަންގެ ލަފާގެ ދަށުން ވެބް ސައިޓަށް ބޭނުންވާ ކަސްޓަމް ޕޭޖުތައް ހެދުމާއި، އެ ޕޭޖްތަކަށް ބޭނުންވާ ގްރެފިކްސް އަދި ކޮންޓެންޓުތައް އެކުލަވާލުމުގެ އެންމެހާ މަސައްކަތް ކުރުން
  12. ވެބްސައިޓްގައި ހުންނަ ބަގްސް ހޯދައި އެކަމަށް ހައްލު ހޯދުން
  13. މެނޭޖްމެންޓްގެ ލަފާގެ މަތިން ވެބްސައިޓުގެ ކޮންޓެންޓް އަޕްޑޭޓް ކުރުމުގެ އެންމެހާ މަސައްކަތް ކުރުން
  14. ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުގެ ކޮމްޕްލެއިންސްތަކަށް (ޝަކުވާތަކަށް) ދުވަހުން ދުވަހަށް ޖަވާބުދިނުން
  15. ކޯޕަރޭޝަންގެ ވެބްސައިޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ޕްލޭންތައް ތައްޔާރުކުރުން
  16. ވެބްސައިޓު ތަރައްޤީކުރުމަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތައް ހޯދުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުން

3. ފޯމު ހުށައަޅަންވީ ތާރީޚް:27 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ([email protected]) އީމެއިލް އެޑްރެހަށް އީމެއިލް ފޮނުވުން.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

5. އިތުރު މަޢްލޫމާތު:

  • މި މަޤާމަށް  ހުޅުވާލައި 13 އޮކްޓޫބަރ 2020ގައި ކުރެވުނު ނަންބަރު:IUL)MMPRC-HR/1/2020/21) އިޢުލާން ބާތިލްކޮށް މިމަޤާމަށް އެދި އެޕްލިކޭޝަން ހުށައެޅުމަށް އަލުން ހުޅުވާލަމަވެ. އަދި 13 އޮކްޓޫބަރ 2020 ވަނަ ދުވަހު ކުރެވުނު ޢިއްލާންއާ ގުޅިގެން އެޕްލިކޭޝަން ހުށައަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލްނުވާނެއެވެ. އެހެން ކަމުން އެފަރާތްތަކުން އަލުން މި މަޤާމަށް އެދި އެޕްލިކޭޝަން ހުށައަޅަން ނުޖެހޭނެއެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ އެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މި ކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

20 އޮކްޓޯބަރ 2020

20 އޮކްޓޫބަރު 2020
ހޯދާ