މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫގައި މިހާރު ޢިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ޑްރާފްޓް އުޞޫލަށް ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

                             ނަންބަރު: IUL)321-A/321/2020/134  

އިޢުލާނު

ތުޅާދޫގައި މިހާރު ޢިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ޑްރާފްޓް އުޞޫލަށް ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

                  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޑްރާފްޓްކޮށްފައިވާ  "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔަސަތުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކުރާ 100 ހައުސިންގޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠުގެ ޑްރާފްޓް މިއިޢުލާނާއިއެކު އާއްމުކުރީމެވެ.

                   މިއުޞޫލަށް ރައްޔިތުންގެ ޚިޔާލު ބޭނުންވާތީ، ޙިޔާލު ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން ލިޔުމަކުން ނުވަތަ މިކައުންސިލުން ދޫކުރާ ހިޔާލު ހުށަހަޅާ ފޯމުން 2020 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި [email protected]  ށް ފޮނުއްވާ މެއިލްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އޮންލައިންކޮށް ޙިޔާލު ހުށަހެޅުއްވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ. 

https://forms.office.com/Pages/ResponsePage.aspx?id=DQSIkWdsW0yxEjajBLZtrQAAAAAAAAAAAAMAACubfMZUQ1FXTDRCTkIxOEpTMzVXVExXQkJCQTNWNi4u

03 ރަބީޢުލްއައްވަލް  1442

20 އޮކްޓޫބަރު 2020
ހޯދާ