ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް އޮފީސް ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ނަންބަރު: WAMCO-LOG/IUL/2020/021

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް އޮފީސް ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުން

މިކޯޕަރޭޝަނުގެ އިދާރީ މަސައްކަތްތައް ކުރުމަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކޯޕަރޭޝަނުން ކުރާ އިޢުލާނާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާއިރު އަންނަނިވި ކަންތައްތައް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.

  • ކުއްޔަށްދޫކުރެވޭ އޮފީސް ޢިމާރާތް ހުންނަންވާނީ މާލޭގައެވެ.
  • އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ޢިމާރާތުގެ ބޮޑުމިން 2200 (ސކފ) އަށްވުރެ ކުޑަވެގެން ނުވާނެއެވެ.
  • ޢިމާރާތަކީ ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް ބޮޑު މަގަކަށްވާ ގޮތަށް ހުންނަ ތަނަކަށް ވާންވާނެއެވެ.
  • ޢިމާރާތުގައި ސެކުރިޓީ ކެމެރާ އަދި ފަޔާރ އެލާރމް ހަރުކުރެވިފައި ހުންނަން ވާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ އިމާރާތުގެ ވެރިފަރާތް ނޫންނަމަ ވެރިފަރާތާއި އެކު ވެފައިވާ އެއްބަސްވުން ނުވަތަ ވެރިފަރާތުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުމެއް (ލީގަލް ފާރމް އަކުން އަސްލާއި އެއްގޮތަށް ތައްގަނޑު ޖަހާފައިވާ) ހުށަހަޅަންވާނެއެވެ.
  • ކުއްޔަށް ދޫކުރާ ތަނަކީ ގްރައުންޑް ފްލޯ ނޫންނަމަ އިމާރާތުގައި ލިފްޓް ހަރުކުރެވިފައިވާންވާނެއެވެ.
  • ކުއްޔަށް ދެވޭ ޢިމާރާތަކީ މަދުވެގެން 2 އަހަރަށް ކުއްޔަށްދެވޭ ތަނަކަށް ވާންޖެހޭނެއެވެ.
  • ޢިމާރާތުގެ ފްލޯރޕްލޭން ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
  • އަމިއްލަ ފަރާތެއްނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ ނުވަތަ ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
  • ޢިމާރާތުގެ ފެނާއި ކަރަންޓް އަދި ކުނީގެ ބިލްގެ ތަފްސީލު ޕްރޮޕޯސަލްގައި ހިމެނިފައިވާ ވާންވާނެއެވެ.
  • ޢިމާރާތް ކުއްޔަށް ދެވޭނެ އަގަކާއި ޕޭމެންޓް ޓަރމްސް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.

 

ޢިމާރާތް ކުއްޔަށް ހިފާނީ މިކޯޕަރޭޝަންގެ ފަރާތުން ޓީމެއް އިމާރާތަށް ޒިޔާރަތްކުރުމަށްފަހު ފިޒިކަލް އިންސްޕެކްޝަންއެއް ހަދައި ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ އެކަށީގެންވާ ޢިމާރާތެއް ބެލުމަށްފަހުގައެވެ.

  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހުގެ ކުރިން މިކުންފުނީގެ ޢީމެއިލް އެޑްރެހަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޙު

ގަޑި

ތަން

ޝަޢުޤުވެރިކަން ފާޅުކުރުން

22 އޮކްޓޯބަރ 2020

11:00

[email protected]

[email protected]

2020 އޮކްޓޯބަރ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަނެވޭނެއެވެ.

ޝައުޤުވެރިކަން ފާޅުކުރައްވާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. 

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804   ފެކްސް ނަންބަރު:  3000584 

[email protected]

[email protected]

19 އޮކްޓޯބަރ 2020

 

20 އޮކްޓޫބަރު 2020
ހޯދާ