މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
1 މޭ 2014 އިން ފެށިގެން މުވާޞަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގުން

2 އޮކްޓޫބަރު 2011 އިން ފެށިގެން ޢަމަލުކުރަމުން އަންނަ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ފެބުރުވަރީ 2014 ގައި ގެނެވުނު އިސްލާހާ ގުޅިގެން، ޖީ.އެސް.ޓީ ދެއްކުމުން މީގެ ކުރިން އިސްތިސްނާކޮށްފައިވާ މުވާޞަލާތީ ޚިދުމަތްތަކުން 1 މޭ 2014 އިން ފެށިގެން ޖީ.އެސް.ޓީ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން 1 މޭ 2014 ގެ ފަހުން މުވާޞަލާތީ ޚިދުމަތެއް ފޯރުވައިދޭނަމަ އެ ޚިދުމަތެއްގެ އަގުގެ މައްޗަށް ޖީ.އެސް.ޓީ ނަގަން ލާޒިމުވާނެއެވެ. ޚިދުމަތް ފޯރުވައިދޭ ތަނަކީ ޓޫރިޒަމް ދާއިރާގެ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ތަނެއް ނަމަ، އެ ތަނަކުން ފޯރުވައިދޭ މުވާޞަލާތީ ޚިދުމަތަށް ޖީ.އެސް.ޓީ ނަގަންޖެހޭނީ %8 ގައެވެ. އެނޫން އެހެން ފަރާތްތަކުން ޖީ.އެސް.ޓީ ނަގަންވާނީ %6 ގައެވެ.

ވީމާ މިކަން ޓެކްސް ދައްކާ ފަރާތްތަކާއި އާންމުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

21 ޖުމާދަލްއާޚިރާ 1435                                         

21 އޭޕްރިލް 2014
ހޯދާ