މަޤާމު
|
ހާބަރ އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް (01 އަހަރުދުވަހުގެ މުއްދަތަށް )
|
މަޤާމުގެ ރޭންކް:
|
އެސް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާ / ހއ. އިހަވަންދޫ
މުނިސިޕަލް ސަރވިސް ޔުނިޓް
|
މުސާރާއި އެލަވަންސް:
|
އަސާސީ މުސާރަ: -/4،000 (ފަސްހާސް ) ރުފިޔާ (މަހަކު)
ސަރވިސް އެލަވަންސް: -/1000 ( އެއްހާސް ރުފިޔާ) މަހަކު
|
މުސަރާއި އެލަވަންސް އިން އުނިކުރެވޭ ގޮތް:
|
- މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 166.67 (އެއްސަތޭކަ ފަސްދޮޅަސް ހަރުފިޔާ / ފަސްދޮޅަސް ހަތްލާރި ) އުނިކުރެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
- ދަންފަޅި އުޞޫލުން ދުވާލަކު 7 ގަޑިއިރު
ދަންފަޅި 1: 06:00 އިން 09:00 އަށް
ދަންފަޅި 2: 00:14 އިން 18:00 އަށް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ބަނދަރަށް ލަފާ އުޅަނދުތަކާއި ފުރާ އުޅަނދުތަކުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- ބަނދަރުގައި އޮޑިފަހަރު އަޅާ ނާޅާގޮތް ބަލައި އިންތިޒާމްކޮށް އުޅަނދު ފަހަރު ތަރުތީބުކުރުން.
- އޮޑިފަހަރު އެޅުމަށް ޙާއްޞަކުރެވިފައިވާ ސަރަޙައްދުތަށް ފިޔަވާ އެހެން ސަރަޙައްދުތަކުގައި އޮޑި ފަހަރު އެޅުން ހުއްޓުވުން.
- ބަނދަރު ސަރަޙައްދުން ވިޔަފާރިބޭނުންތަކަށް ދޫކުރެވިފައިވާ ބިންތައް ސްޕަވައިޒުކުރުން
- އަރާފޭބުމަށް ޙާއްޞަކުރެވިފައިވާ ސަރަޙައްދުތަކާއި، މުދާ އަރުވާ ބޭލުމަށް ޙާއްޞަކުރެވަފައިވާ ސަރަޙައްދުތައް ބެލެހެއްޓުން.
- ބަނދަރަށް އަރުވާ ބާލާ ތަކެތި ބަނދަރުގައި ބެހެއްޓުމުގެ ކަންކަން ބެލެހެއްޓުން.
- މުދާ އަރުވާ ބާލާ އުޅަނދުތައް މުދާ އަރުވާ ބޭލުމަށް ދީފައިވާ ގަޑިހަމަވުމުން، ސަރަޙައްދުން އުޅަނދު ނެގުމާއި ފީ ނަގަން ޖެހޭނަމަ ފީ ނެގުމަށް ނޯޓް ކުރުން
- ބަނދަރަށް މުދާ އެރުވުމުއި ބޭލުމުގައި ބަނދަރަށް އެޅޭ ކުނި އެއުޅަނދަކުން ސާފުކުރުވުން.
- ބަނދަރު ކުނިކަހާ ސާފުކޮށް ބަލަހައްޓާ ފަރާތްތަކުގެ މަސައްކަތް ސްޕަވައިޒުކޮށް ބަނދަރުގެ ސާފުކަން ބެލެހެއްޓުން.
- ބަނދަރުގެ އެއްގަމު ތޮށްޓާއި ހުރަސްތޮށްޓަށް މަސް ކިރުވާ ބާލާ ހަދާ ފަރާތްތަކަށް ނަސޭޙަތްދީ ފިޔަވަޅު އެޅުން.
- ބަނދަރު ސަރަޙައްދުގައި އިށިއިނުމަށް ބަހައްޓާފައިހުންނަ ބުރުތަކާއި ޖޯލިފަތިތައް ސާފުކޮށް ބެލެހެއްޓުން
- ބަނދަރު ސަރަޙައްދުގައި ދަތުރުވެރިންނަށް ޙާއްޞަކޮށްގެން ހަދާފައިވާ 'ފިނިހިޔާ 2' ސާފުކޮށް ބެލެހެއްޓުން.
- ބަނދަރު ސަރަހައްދުގައި ޖަހާފައިވާ މަޢުލޫމާތު ބޯޑުތަކާއި އެހެނިހެން ލިޔުންތަށް އާކުރަންޖެހޭނަމަ އެކަން ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން
- ވާޓަރުމަތީގައާއި ތޮށިގަނޑުމަތީ އެއްވެސް ސަރަހައްދެއްގައި މަސްކަނޑާނަމަ އެކަން މަނާ ކުރުން އަދި ޔުނިޓް އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނައުން
- ބަނދަރުގެ ޤަވާއިދާއި ޚިލާފްވާ ފަރާތްތަކަށް ރީތިގޮތުގަ ނަސޭޙަތްތެރިވުން، އަދި އެކަމެއް ތަކުރާރުވާނަމަ ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން
- ނެރުބައްތި އަދި ބަނދަރުގެ މަގުބައްތިތަކުގެ މައްސަލައެއް ޖެހިއްޖެނަމަ ވަގުތުން ޔުނިޓްގެ ވެރިޔާއަށް އަންގާ އެކަންހައްލުކުރުމަށް މަސައްކަތް ކުރުން
- ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތަށް ފީނެގުމުގެ އިންތިޒާމް ހަމަޖައްސާ ސްލިޕް ދޫކުރުން.
- ފަޅުތެރޭގައި އުފެދޭ ކުނިބުނިތައް ސާފުކުރުމުގެ އިންތިޒާމް ހަމަޖައްސާ އެކަން ކުރުން.
- ބަނދަރު ސަރަޙައްދުގައި ކައުންސިލްގެ އިދާރާއިން ބަހައްޓާފައިވާ ޑަސްބިންތައް ބެލެހެއްޓުމާއި އަދި ޑަސްބިންތައް ފުރުމުން ކުނިގޮނޑަށް ގެންދިއުމުގެ އެންމެހައި ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުން.
- ޚާއްޞަ ހާލަތްތަކުގައި ކައުންސިލް އެހެނިހެން ސެކްޝަންތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
|
މަޤާމުގެ ޝަރުޠުތައް:
|
ނޯޓް:
*ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން ނުވަތަ އެމީހަކު ކިޔެވި ތަނަކުން/މަކްތަބަކުން ދޫކޮށްފައިވާ ލިޔުން ބަލައިގެންނެވެ.
|
އެހެނިހެން ޝަރުތުތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
- ފުލްޓައިމް ވަޒީފާއަދާ ކުރާ ފަރާތެއްކަމުގައި ނުވުން.
- ފުލްޓައިމް ދަރިވަރަކަށް ނުވުން.
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭ ފަދަ ފަރާތެއްކަމުގައިވުން.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
- މިލާދީގޮތުން އުމުރުން 55 އަހަރު ވެފައިވާ މީހަކަށް ނުވުން.
- ދިވެސެއްކަމުގައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
- ޕޮލިސް ރިޕޯޓް (ދޫކުރިތާ 03 މަސް ހަމަނުވާ) – ޕޮލިސް ރިޕޯޓް ހަމައެކަނި ހުށަހަޅަންޖެހޭނީ ވަޒީފާއަށް ހޮވޭ ފަރާތުން ވަޒީފާއަށް އައްޔަނުކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަހު ތެރޭގައެވެ.
|
ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ދާއިރާ
|
ބެލޭނެ ބައިތައް
|
މާކްސް
|
އިންސައްތަ
(%)
|
ކެޓަގަރީގެ ޖުމްލަ އިންސައްތަ
|
ތަޢުލީމާއި ތަމްރީނު
|
ލިބިފައިވާ ތަޢުލީމު
|
25
|
10
|
15
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
|
30
|
5
|
މަސައްކަތު ތަޖުރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
|
30
|
15
|
15
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު
|
100
|
70
|
70
|
ޖުމްލަ
|
185
|
100
|
100
|
ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %30 (ތިރީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020އޮކްޓޫބަރު 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 އޮކްޓޫބަރު 27 އާއި 2020 އޮކްޓޫބަރު 31 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މައުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|