މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތި ދަނޑިތައް ހަދާދޭނެ ފަރާތެއް ހޯދުމާއިބެހޭ

                                 ނަންބަރު: IUL)321/321/2020/129)

އިޢުލާން

މަގުމަތީ ބައްތި ދަނޑިތައް ހަދާދޭނެ ފަރާތެއް ހޯދުމާއިބެހޭ

 

ތުޅާދޫ މަގުތަކުގައި ޖެހުމަށް ބޭނުންވާ ބައްތި ދަނޑިތަކުގެ ތެރެއިން 18 ބައްތި ދަނޑި ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

އަންދާސީ ހިސާބު ހުށަހެޅުން

28 އޮކްޓޯބަރ 2020 (ބުދަ)

10:00

ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

 

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތްތަކުން ވަޑައިގެންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

27  ޞަފަރު   1442

14 އޮކްޓޫބަރު 2020
ހޯދާ