ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

މިރަށުގައި ކަރަންޓު ކޭބަލް އެޅުމަށްޓަކާ، ބާރަށު މެޖިސްޓްރޭޓް ކޯޓުއަޅާ ބިމުގެ ހޮލަނގުމަގާއި، ބާރަށު ޞިއްޙީ މަރުކަޒުގެ އުތުރުމަގުން ނަގަންޖެހޭ ރުއްގަހުގައި މިއިދާރާއިން ރީދޫ ދަވާދުން ނަމްބަރު ޖަހާ ރަތްދަވާދުން ރަސްގެ ޖަހާފައިވާނެއެވެ. އެހެންކަމުން އެ ރުއްގަހުގެ ވެރިން  އެ ރުއްގަހުގައި  މިއިދާރާއިން ޖަހާފައިވާ ނަމްބަރު ހިފައިގެން  01 ނޮވެމްބަރު 2020 ދުވަހުގެ 13.00 ކުރިން މިއިދާރާއަށް ދުރުވެ އެ ރުއްގަސްތަކުގެ މައުލޫމާތު ދެއްވުން އެދެމެވެ. އަދި މި މުއްދަތުގައި މި ރުއްގަސްތަކާ ބެހޭމަޢުލޫމާތު ނުލިބިއްޖެނަމަ މިރުއްގަސްތަކަތަކީ ވެރިއަކު ނެތް ރުއްގަސްތަކެއްކަމަށްބަލާ އެތަކަތި ނައްތާލެވޭނެވާހަކަ ދެންނެވީމެ.

 

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓާކާ އިޢުލާން ކުރީމެވެ.  

 

                   27  ޞަފަރް 1442

                   14 އޮކްޓޯބަރު 2020

 

 

                                                      ޢާޞިފް ޢަބްދުﷲ

                                                     ކައުންސިލްގެ ރައީސް

14 އޮކްޓޫބަރު 2020
ހޯދާ