ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 8 ވަނަ އިސްލާހުގެ 4-56 (ހ) ގައި، މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ރަށްރަށާއި، ސިޓީތަކުގައި، ޤައުމީ އިދާރާތަކަށާއި، ދަޢުލަތުގެ މުވައްސަސާތަކަށް ދާއިމީ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ އޯޑިޓެއް ހަދައި، ދަފްތަރެއް އެކުލަވާލުމަށް ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން މި ކައުންސިލުން އެކުލަވާލާފައިވާ ދާއިމީ ބިންތަކުގެ ދަފްތަރު މި އިޢުލާނާއެކު އާއްމުކުރަމެވެ. އަދި މި ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 21 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލަމެވެ.
ވީމާ، މިދަފުތަރާމެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތްނަމަ މަތީގައި ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ލިޔުމަކުން މިކައުންސިލަށް ހުށައަޅުއްވައިދެއްވުން އެދެމެވެ.